ads
ދިއްދޫގައި އަޅާ ޖޫނިއާ ކްލެޖް
ދިއްދޫގެ ޖޫނިއާ ކޮލެޖު އަންނަ އަހަރު ކުރީކޮޅު ހުޅުވޭނެ: ޒަބީހު
ހއ.ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ކުރީކޮޅު ހުޅުވިގެންދާނެކަމަށް ޑެޕިޔުޓީ ހަޔާއެޑިޔުކޭށަން މިނިސްޓަރު އިސްމާއިލް ޒަބީހު ވިދާޅުވެއްޖެއެވެ.

ޒަބީހު މިހެން ވިދާޅުވީ ސީއެންއެމްއަށް މިއަދު ދެއްވި އިންޓަވިޔުއެއްގައެވެ. އެގޮތުން ޒަބީހު ވިދާޅުވީ ޖޫނިއާ ކޮލެޖުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިޔަށްދާކަމާށާއި، އެއިމާރާތުގެ ތިން ޝީޓުގެތެރެއިން ފުރަތަމަ ޝީޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ދެން އޮތް ދެޝީޓުގެ މަސައްކަތް ކުރިއަށް އޮތް 28 ދުވަސް ތެރޭގައި ނިމޭނެކަމަށްވެސް ޒަބީހު ވިދާޅުވިއެވެ. 

"ދިއްދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދޭ. މިހާރު އެ ކޮލެޖުގެ އިމާރާތުގައި އެޅުމަށް ހަމަޖެހިފައިވާ ތިން ޝީޓުގެ ތެރެއިން ފުރަތަމަ ޝީޓު ވަނީ ނިމިފައި. 14 ދުވަހުން ޝީޓެއް މިއެޅެނީ، ދެން ބާކީ އޮތް ދެޝީޓުވެސް ވަރަށްއަވަހަށް ނިމޭނެ." ޒަބީހު ވިދާޅުވިއެވެ.

އޭގެ އިތުރުން ޒަބީހު ވިދާޅުވީ ބާކީ ދެންއޮތް ދެޝީޓު އަޅާ ނިމުމާއެކު ދެން އޮންނާނީ އިމާރާތް ރޭނުމުގެ މަސައްކަތް ކަމަށެވެ. އެމަސައްކަތަށް ގިނަ އަދަދެއްގެ ލޭބަރުން ހަމަޖެއްސުމަށް ހަމަޖެހިފައިކަމަށްވެސް ވިދާޅުވިއެވެ. އޭރުން އެމަސައްކަތް ނިންމުމަށް އެހާ ގިނަ ދުވަސް ނުނަގާނޭ ކަމަށެވެ. އަދި މިހާރު ވަނީ ވަނަ ވަނަ ޝީޓު އެޅުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެސް ވެފައިކަމަށްވެސް ވިދާޅުވިއެވެ.

ދިއްދޫގެ ޖޫނިއާ ކޮލެޖަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ރިޔާސީ ވައުދު ފުުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް