ads
ޕީޕީއެމް އިން ރޭ ބޭއްވި ސެނެޓު ބައްދަލުވުން
އިދިކޮޅު ކޯލިޝަންގެ ސެނެޓު މެމްބަރުން އެކުގައި ތިބުމަށް އަހުދު ވެއްޖެ
ވ. އާރަށުގެ ހިޔާނާތުގެ މައްސަލަ ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައިސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އަލުން އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ޕީޕީއެމް-ޕީއެންސީގެ ސެނެޓް މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އަހުދުވެއްޖެ އެވެ.
Advertisement

ރޭ ހ. މީރުމާގޭގައި ކުރިއަށް ދިޔަ ޕީޕިއެމްގެ ސެނެޓުގެ ބައްދަލުވުމުގައި ސެނެޓުން ޝުއޫރު ފާޅުކުރުމުގެ އިތުރުން ސެނެޓުގެ ރިޔާސަތުން ހުށަހެޅި ގަރާރެއް ފާސްކުރުމުވެ. 

ރޭގެ ބައްދަލުވުމުގައި ބައިވެރިވި 89 ސެނެޓަރުންގެ ވޯޓުން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ކުރީގެ ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ، "ޖާނީ ދުޝްމަނުން މެދުވެރިކޮށް ފާސިގު ހެކި އުފައްދައިގެން" ކަަމަށެވެ. އަދި ކްރިމިނަލް ކޯޓުން އިއްވި ހުކުމަކީ، އިސްލާމީ ޝަރީއާ އާއި ގާނޫނުތަކާއި ހިލާފު ހުކުމެއް ކަމަށްވެސް ގަރާރުގައި ވަނީ ބުނެފަ އެވެ. 

ގަރާރުގައި އިތުރަށް ބުނެފައިވަނީ، ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލާ ކަމަށާއި، ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ސަބަބުން ރާއްޖޭގެ ކޯޓުތަކަށާއި، އަދުލު އިންސާފުގެ ދާއިރާ އަދި ތަހުގީގު އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައި ކަމަށެވެ. އަދި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނުގެ އިތުރުން ފަސާދަ އާއްމު ވެފައި ވާކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވެފައި ވާކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ. 

"އެ ކަންކަން ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުމަށާއި ރައީސް ޔާމީން، ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރުމަށާއި އެކަންކަން ކުރުމުގައި ޕްރޮގްރެސިވް ކޮންގްރެސްގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމަށް އަހުދުވެ، ބައިބައިވުން އުފެއްދުމަށް އަދާވާތްތެރިން ކުރަމުންދާ ކަންކަމުން ދުރުހެލިވުމުގެ އަޒުމް އައުކުރުމަށް،" ގަރާރުގައި ވަނީ ބުނެފަ އެވެ.

ގަރާރުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެ ކޯލިޝަންގެ މެޖޯރިޓީ އޮންނަ ކައުންސިލް ތަކުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބަޔާން ނެރުމަށާއި، އަދި ރައީސް ޔާމީން މިނިވަން ކުރަންދެން ސަރުކާރަށް އެއްބާރުލުން ނުދޭންވެސް ވަނީ ނިންމާފަ އެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް