ads
ހޯރަފުށީގެ މަގުހެދުމުގެ މަސައްކަތް ކުރިޔަށްދަނީ - ފޮޓޯ: އެމްޓީޓީސީ
ހޯރަފުށީ މަގު ހެދުމުގެ ބޮޑުބައެއް ނިމިއްޖެ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ހޯރަފުށީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

ހޯރަފުށީ މަގު ހެދުމުގެ މަސައްކަތަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު، 11114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެ ކަމުގައި އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި، މަގު ބައްތި ހަރު ކުރުމާއި މަގުމަތީ ނިޝާން ބެހެއްޓުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމުގައި އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް