ads
ޕެލޭ
2022، ޕެލޭގެ މަރު: ފުޓްބޯޅައަށް ބޮޑު ހިތާމައެއް
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއެކު، ފުޓްބޯޅައަށް ލޯބި ކުރާ މީހުންނަށް އުފާވެރި އަހަރެއްގެ ގޮތުގައި 2022 ވަނަ އަހަރު ނިމިގެން ދާނެ ކަމަށް ބެލެވުނު ނަމަވެސް އަހަރު ނިމުނީ ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލްގެ ޕެލޭގެ މަރާއެކުއެވެ.

ކެންސަރާ ކުރަމުން ދިޔަ ހަނގުރާމައިގައި އުމުރުން 82 އަހަރުގެ މަރުވީ ތިން ހަފްތާއަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެވެމުން ދިޔުމަށް ފަހުއެވެ. މި މުއްދަތުގައި ފަރުވާ ދިނީ ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ޕެލޭއަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ތިން ފަހަރު ކާމިޔާބު ކުރި ހަމަ އެކަނި ކުޅުންތެރިޔާއެވެ. ބްރެޒިލުން ހޯދި ވޯލްޑް ކަޕްގެ ފަސް ތަށީގެ ތެރެއިން ތިން ތަށި ހޯދައިދިން ޕެލޭއަކީ ފުޓްބޯޅައިގެ ރަސްގެފާނެވެ.

އެންމެ ފުރަތަމަ ޕެލޭ ވޯލްޑްކަޕެއްގައި ކުޅުނު އިރު އުމުރުން އެންމެ 17 އަހަރެވެ. އެއީ ސްވިޑެން ގައި 1958 ގައި ބޭއްވި ވޯލްޑް ކަޕެވެ. ޕެލޭގެ ބޮޑު ހިއްސާއާއެކު ބްރެޒިލް ވަނީ 1958 ގެ އިތުރުން 1962 އަދި 1970 ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މެކްސިކޯގައި 1970 ގެ ވޯލްޑް ކަޕް ބްރެޒިލަށް ހޯދައި ދިން ކޯޗު ބުނެފައި ވަނި ޕެލޭ އަކީ ހުރިހާ މަގާމަކަށް ކުޅެވޭ ފެންވަރުގެ ހަމައެކަނި ކުޅުންތެރިއާ ކަމަށެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި ޕެލޭ 77 ލަނޑު ޖެހި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް