ads
ޝާހުރުކް ހާން
ޝާހުރުކް ހާން ފަދަ ހަށިގަނޑެއް ހޯދުމަށް، ތަޖުރިބާކާރުންގެ ނަސޭހަތް
މިދިޔަ މަހު 57 އަހަރު ފުރިފައިވާ ޝާހުރުކް ހާން އަށް އަންނަނީ ކުރިއަށް އޮތް މި ފިލްމު ޕަތާންގައި އޭނާ ފެންނަ 8 ޕެކްގެ އެބްސް ހަށިގަނޑުގެ ސަބަބުން ބޮޑު ތަރިހީބެއް ލިބެމުންނެވެ.
Advertisement

ޝާހު ދައްކުވައިދެނީ އުމުރުން ދުވަސްވީ ނަމަވެސް، ތިބާގެ ހަށިގަނޑު ރީތި ބައްޓަމެއްގައި ބެހެއްޓުމަށް ހުރަހެއް ނެތްކަމެވެ. އަދި ރީތި ހަށިގަނޑެއް ބައްޓަން ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެކަމެކެވެ. 

ތަޖުރިބާކާރުން ބުނާ ގޮތުގައި ރީތިހަށިގަނޑެއްގެ ވެރިއަކަށް ވުމަށް ޝޯޓްކަޓްތަކެއް ނެތެވެ. އެފަދަ ހަށިގަނޑެއް ހޯދުމަށް ބޭނުންވަނީ ސްޓްރެންތް ޓްރެއިނިން އާއި ބައެއް ކާޑިއޯ އާއި ދުޅަހެޔޮ ކާނާ އާއި އެކަށީގެންވާ ނިންޖެވެ.

ނަތީޖާ އަވަސްކުރުމަށް ޕާފޯމަންސް އިތުރުކުރާ ބޭސް ނުވަތަ ސްޓިރޯއިޑް ބޭނުންކުރުމަކީ އަވަސް ނަތީޖާއެއް ލިބުނު ނަމަވެސް އެތެރޭގެ ގުނަވަންތަކަށް މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ.

ޑައިޓާއި ކަސްރަތު މެދުވެރިކޮށް ދުޅަހެޔޮ ގޮތެއްގައި ސަރުބީ މަދުކުރުމަކީ އެއްވެސް ނޭދެވޭ އަސަރެއް ނެތި 8 ޕެކް އެބްސް ހޯދުމަށް އެންމެ ރަނގަޅު އެއް ގޮތެވެ. 

ގަވާއިދުން ދިގުމައްދަތަކަށް ކަސްރަތު ކުރުން: 

ތަޖުރިބާ ކާރުން ވިދާޅުވާގޮތުން ސިއްހަތައް ގެއްލުން ނުވެ 8 ޕެކްސް އެބްސް ހޯދަން ބޭނުންނަމަ ގަވާއިދު ދިގު މުއްދަތަކަށް ކަސްރަތުކުރުމަކީ އެންމެ ރަނގަޅު އެއްގޮތެވެ.

"ޝާހުރުކް ހާން ފަދަ 8 ޕެކް އެބްސް ސިއްހަތަށް ފައިދާހުރި ގޮތެއްގައި ހޯދަން ބޭނުންނަމަ ދެން ޖެހޭނީ ޕަރސިސްޓެންސްގެ ފަންނު ދަސްކުރަން. ސަބަބަކީ 3 ގަޑިއިރު، ހަފްތާއަކު 7 ދުވަހު 3 މަސް ދުވަހު ކަސްރަތު ކުރުމުން ނަތީޖާ ނުލިބޭނެ. ނަމަވެސް ފަސް އަހަރު ވަންދެން 30 މިނެޓް ކަސްރަތު ކޮށްގެން ވެސް ސިއްހަތަށް ގެއްލުން ނުވެ 8 ޕެކް އެބްސް އެއް ހޯދިދާނެ. މިސާލަކަށް ގަލެއްގެ މައްޗަށް ފެންތިއްކެއް އެތައް ހާސް ފަހަރަކު ވެއްޓިގެން ގާ ހަލާކު ނުވެ ބޭނުންވާ ޝޭޕު ގެނެވިދާނެ" ޕީއެމްއެފް ޓްރޭނިންގެ ފައުންޑާ އަދި ފިޓް އިންޑިއާ މޫވްމަންޓްގެ އެމްބެސެޑަރ މުކުލް ނަގްޕައުލް ވިދާޅުވެފައިވެއެވެ.

8 ޕެކް އަދި 6 ޕެކް ލިބެނީ ކިހިނެއް؟ 

ބަނޑުގައި ޖަހާ ގޮޅީގެ އަދަދު ކަނޑައަޅަނީ އެމީހެއްގެ މައިމްބަފައިންގެ ފަރާތުން ވާރުތަ ވެފައިވާ ޖީން އިންނެވެ. އެއީ ވަކި ކަސްރަތެއް ކޮށްގެން އަދި ވަކި އެއްޗެއް ކައިގެން ލިބޭ އެއްޗެއް ނޫނެވެ. ބައެއް މީހުންނަށް 8 ޕެކްސް ލިބިފައިވާއިރު އަނެއްބަޔަކަށް ލިބިފައިވަނީ 6 ޕެކްސް އެވެ. 

"ހަމައެފަދައިން އެބްސްގެ ސިމެޓްރީއަކީ ވެސް ޖެނެޓިކަލީ ކުރިން ކަނޑައެޅިފައިވާ އެއްޗަކަށް ވާތީ ބަދަލު ނުކުރެވޭނެ. އެބްސް ފެންނަން ހުންނަ ގޮތަށް ހެދުމަށްޓަކައި ހަށިގަނޑުގައި ހުންނަ ސަރުބީގެ ޕަސެންޓް 12 އަށް ވުރެ ދަށަށް ގެންދަން ޖެހޭއިރު ހިތާމައަކީ މިކަން އަވަހަށް ކުރުމަށް އެހީތެރިވެދޭނެ އެންމެ ކަސްރަތެއް، ޑައިޓެއް ނުވަތަ ސަޕްލިމެންޓެއް ނެތްކަން. އެހެން ނަމަވެސް ސްޓްރެންތް ޓްރެއިނިން އާއި ކޮންމެވެސް ވަރަކަށް ކާޑިއޯ އާއި ދުޅަހެޔޮ ކާނާ އާއި އެކަށީގެންވާ ނިދި އެއްކޮށްގެން ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ،" ބޮޑީ ސައިންސް އެކަޑަމީގެ، އެންއޭއެސްއެމް ސެޓްފިކެޓް ލިބިފައިވާ ނިއުޓްރިޝަން ކޯޗެ ވަރުން ރައްޓަން، ވިދާޅުވެފައިވެއެވެ.

ގިނަ ތަޖުރިބާ ކާރުން ވިދާޅުވާގޮތުން ކާޑިއޯވަސްކިއުލާ ކަސްރަތަކީ ހިތުގެ ދުވެލި އިތުރުކޮށްދީ ނޭވާލުމުގެ ދުވެލި އިތުރުކޮށްދޭ ކޮންމެ ޖިސްމާނީ ހަރަކާތެކެވެ. މި ބާވަތުގެ ކަސްރަތުގެ މަދުވެގެން 20-40 މިނެޓް ހަފްތާއަކު ހަތަރު ފަހަރު ކުރުމަށް އަމާޒު ހިފާށެވެ. ދުވުމާއި، ފަތާލުމާއި، ބައިސްކަލް ދުވުމާއި، ޖަމްޕް ރޯޕް އާއި، ކެޓްލްބެލް ސްވިންގްސް ޕާފޯމް ކުރުމަކީ ވެސް މޮޅު ކާޑިއޯ ކަސްރަތުތަކެކެވެ.

53%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް