މީލާދީ ގޮތުން މި ފެށުނު 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސް ސޯލިހު ފޮނުވި ތަހުނިޔާގެ މެސުގައި ވިިދާޅުވީ، ނިމިގެން ދިޔަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމައުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށެވެ.
ރައީސް ވިދާޅުވިގޮތުން މިދިޔަ އަހަރު:
- އިންސާނީ ހައްގުތައް ކުރިއަރުވައި، އިޖްތިމާއީ އަދާލަތު ގާއިމުކުރެވުނު
- އަދުލު އިންސާފު ގާއިމުކުރުމަށް، މުހިންމު މަސައްކަތްތަކެއް ކުރެވި، ރަނގަޅު ނަތީޖާއެއް ހާސިލުކުރެވުނު
- ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި، ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ އަންނަނީ ލިބެމުން
ރައީީސް ސޯލިހު ވިދާޅުވީ، މިއަދު ދިވެހީން ކަމަރު ބަންނަންވީ، ކޮވިޑްގެ ކުރިން އޮތް އިގްތިސާދީ ހާލަތަށް ވުރެ ވެސް މާ ރަނގަޅު ހާލަތަކަށް ރާއްޖޭގެ އިގްތިސާދު ގެންދިއުން ކަމަށެވެ. އުމީ ތަރައްޤީގެ ދުވެލި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްދޭ މައިގަނޑު ބަހާއަކީ، ތަރައްގީގެ މަސައްކަތްތަކަށް ފަހި މާހައުލެއް މުޖްތަމައުގައި ގާއިމުވެފައި އޮތުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެފަދަ މާހައުލެއް ގާއިމުވަނީ، މުޖްތަމައުގައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮވެގެން ކަމަށެވެ.
އެހެންކަމުން، މި ފެށުނު އާ އަހަރުގެ އަޒުމެއްކަމުގައި ކޮންމެ މީހަކުވެސް ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ސުލްހަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކުރުން ކަމަށާއި، ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނެ، ހިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ގައުމީ މަސްލަހަތަށް ބުރޫ އެރިޔަނުދީ، ސުލްހައިގެ މަގު އިހްތިޔާރު ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.