ads
ހުޅުމާލާގައި ތަރައްގީކުރި ސަރުކާރު އޮފީސް އިމާރާތުގެ ކުރެހުމެއް.
ހުޅުމާލޭގައި ތަރައްގީކުރި އޮފީސް އިމާރާތް މި މަހު 15 ގައި ހުޅުވަނީ
ހުޅުމާލޭގައި ތަރައްގީކުރި ސަރުކާރުގެ އޮފީސް އިމާރާތް މި މަހު 15 ގައި ހުޅުވަން ޕްލޭނިން މިނިސްޓްރީން އަމާޒު ހިފައިފިއެވެ.
Advertisement

ހުޅުމާލޭގައި އޮފީސް އިމާރާތެއް ތަރައްގީ ކުރުމަށް ނިންމާފައިވަނީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔަށް ނަގައިގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

މާލޭއަށް ދިމާވެފައިވާ ބިމުގެ ދަތިކަމާ ހުރެ ސަރުކާރުން ނިންމާފައިވަނީ ހުޅުމާލޭ ގައި އެ އިމާރާތް ތަރައްގީ ކުރުމަށެވެ. އެގޮތުން 2019 ވަނަ އަހަރު 185 މިލިއަން ރުފިޔާ އަށް ޗައިނާގެ ހުނާން އިންޖީނިއަރިން އާ އެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރިއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްގީ ކުރި އޮފީސް އިމާރާތަށް ތިން މިނިސްޓްރީ އަކާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެ އިމާރާތުގެ އެންމެ ތިރި އަދި ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ޕާކިން ސަރަހައްދެއްގެ ގޮތުގައެވެ. ދެވަނަ ފަންގިފިލާ ޖެންޑަ މިނިސްޓްރީ އަށް ހާއްސަކޮށްފައިވާއިރު ތިންވަނަ ފަންގިފިލާ ޓްރާސްޕޯޓް މިނިސްޓްރީ އަށް އަދި ހަތަރު ވަނަ ފަންގިފިލާ އެމެރިކާ އެމްބަސީ އަށް ދިނުމަށް ވަނީ ނިންމާފައެވެ. ފަސްވަނަ ފަންގިފިލާ އަށް ހަޔަ އެޑިއުކޭޝަން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އިމާރާތުގެ ހަވަނަ ފަންގިފިލާ ތަރައްގީ ކޮށްފައިވަނީ ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމެއްގެ އިތުރުން ޓެރަހެއް ހިމެނޭ ގޮތަށެވެ. 

އިމާރާތުގެ ކޮންމެ ފަންގިފިލައެއްގެ ބޮޑުމިނަކީ 25،000 އަކަ ފޫޓެވެ. މި އިމާރާތާ އެކު ސަރުކާރު އޮފީސްތައް ހިންގަން ކުލި ދައްކަން ޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެއެވެ. ތިން މިނިސްޓްރީ އެއް އެ އިމާރާތަށް ބަދަލުކުރި ނަމަވެސް ސަރުކާރުގެ ބައެއް އޮފީސްތަކަކީ ކުއްޔަށް އިމާރާތްތައް ނަގައިގެން ހިންގަމުންދާ އޮފީސްތަކެވެ.

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް