ads
ގޮޓަބަޔާ އާއި އަންހެނުން ލޯމާ ކާރެއްގައި---
އަލުން އެމެރިކާގެ ރައްޔިތުކަން ހޯދަން ގޮޓަބަޔާ މަސައްކަތްކުރަނީ
ލަންކާގެ ކުރީގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސާ އެމެރިކާގެ ރައްޔިތުކަން ހޯދަން އަލުން ހުށަހަޅުއްވައިފި އެވެ.

މީގެ ކުރިން އެމެރިކާ ރައްޔިތެއް ގޮތުގައި ހުރި ގޮޓަބަޔާ އެގައުމުގެ ރައްޔިތުކަން ދޫކޮށްލީ 2019 ވަނަ އަހަރު ލަންކާގެ ރައީސްކަމަށް ކުރިމަތިލުމަށެވެ. ލަންކާގެ ގާނުނުތައް އޮންނަގޮތުން ޑުއެލް ސިޓިޒެންޝިޕްގައި ވެރިކަމަށް ކުރިމައްޗެއް ނުލެވެ އެވެ. 

އޭނާ ލަންކާގެ ރައީސް ކަމުން އިސްތިއުފާ ދެއްވީ، ކޮވިިޑަށް ފަހު ގައުމަށް އައި ބޮޑު އިގްތިސޯދީ ލޮޅުންތަކުގައި ލަންކާގެ މަޝްރަހު ހޫނުވެ، ކޮންޓްރޯލުން ނެއްޓުމުން މިދިޔަ އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހު އެވެ. 

އާންމުން މަގުމައްޗަށް ނިކުމެ ރިޔާސީ ގަނޑުވަރު ކޮޅާއި ސަރުުކާރުގެ އިމާރާތްތައް ހިފިއިރު، ގޮޓަބަޔާ ގައުމުދޫކޮށް ފިއްލަވައިގެން ފުރަތަމަ ވަޑައިގަތީ ރާއްޖެ އަށެވެ. ރާއްޖޭގައި ޓްރާންސިޓް ކުރުމަށްފަހު ސިންގަޕޫރަށް އަދި ތައިލެންޑަށް ވެސް ވަޑައިގަތެވެ. އޭރު ލަންކާގައި އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން ގައުމު ދޫކޮށް ފިއްލެވި ގޮޓަބަޔާ އަށް އެއްވެސް ގައުމަކުން ސިޔާސީ ހިމާޔަތެއް ނުލިބުނެވެ. އޭރުވެސް އޭނާ ވަނީ އެމެރިކާގެ ރައްޔިތުކަން ހޯދަން ކުރިމަތި ލާފަ އެވެ. 

ދެ މަސް ދުވަސްވަންދެން ފިއްލަވައިގެން އުޅުމަށްފަހު އޭނާ ލަންކާއަށް އަލުން ވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުތެރެ އެވެ. މިވަގުތު އޭނާ ހުންނެވީ އާއިލާއާއި އެކު ޗުއްޓީ ހޭޭދަކުރައްވަން ދުބާއީގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ލަންކާަގެ ރައްޔިތުން ބުނާ ގޮތުންނަމަ ގޮޓަބަޔާ ވަނީ އެގައުމުން ގިނަ އަދަދެއްގެ ފައިސާ އާއި ހަރުމުދާ ހޯދާފަ އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެތައް ބޮޑެތި ކޮރަޕްޝަންގެ ކަންކަން ކުރައްވާފައި ވާކަމަށާއި، ނުހައްގުން މުއްސަނދިކަން ހޯއްދަވާފައި ވާކަމަށް ވެސް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް