ads
އަލްޗަޕޯގެ ދަރި އޮވިޑިއޯ
އަލްޗަޕޯގެ ދަރި ހައްޔަރުކުރުމުން މެކްސިކޯގައި ހަމަނުޖެހުން ހިންގަނީ
މެކްސިކޯގެ ޑްރަގް ލޯޑް، ޖޯކުއިން އެލްޗަޕޯ ގުޒްމަންގެ ދޮށީ ދަރި ހައްޔަރުކުރުމުން އޭނާގެ ގޭންގުން މެކްސިކޯގައި ހަމަނުޖެހުން ހިންގަންފަށައިފިއެވެ.
Advertisement

އަލްޗަޕޯއަކި މެކްސިކޯގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގް ސިނަލޯއާ ކާޓެލްގެ އެންމެ އިސްފަރާތެވެ. ނަމަވެސް އޭނާ މިހާރު ގެންދަނީ މަސްތުވާތެކެތީގެ ވިޔަފާރިއާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ އެމެރިކާގެ ޖަލެއްގައި އުމުރު ދުވަހުގެ ހުކުމެއް ތަންފީޒް ކުރަމުންނެވެ.

ބައްޕަ ޖަލަށް ލުމުން ސިނަލޯއާ ކާޓެލް ހިންގަމުން ގެންދަނީ އޭނާގެ ދޮށީދަރި އޮވިޑިއޯ ގުޒްމަން ލޮޕޭޒް އެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތަކާއި ގުޅިގެން މީގެކުރިންވެސް އޮވިޑިއޯ ހައްޔަރުކޮށްފައި ވެއެވެ. 

ނަމަވެސް އޭނާގެ ގޭންގުން މެކްސިކޯގައި ހިންގަންފެށި ހަމަނުޖެހުންތަކާއިއެކު އޭނާވަނީ ދޫކޮށްލާފައެވެ.

ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރުމުން ސިނަލޯއާ ސްޓޭޓްގައި ގޭންގުން ހިންގަމުންދާ ހަމަނުޖެހުންތަކުގައި ފުލުހުންގެ ތިން އޮފިސަރަކު މަރާލައި، މަގުތައް ބަންދުކޮށް ބަސްތަކާއި އެއްގަމު އުޅަނދުތަކުގައި ވަނީ އަލިފާން ޖަހާފައެވެ. 

މީގެއިތުރުން ސިނަލޯއާގެ އެއާޕޯޓްތަކަށް ގޭންގުން ހަމަލާދީ ދެ ފްލައިޓަކަށް ބަޑިވެސް ޖަހާފައިވެއެވެ. އެހެންކަމުން ތިން އެއާޕޯޓެއްގެ އޮޕަރޭޝަން ހުއްޓި، އެތައް ސަތޭކަ ފްލައިޓެއްވަނީ ކެންސަލްކުރަން ޖެހިފައެވެ.

ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އިތުރުން އެކިވަރުގެ އަނިޔާތައް ލިބުމުގެ ސަބަބުން އެތައް ބަޔަކުވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

"ދަ މައުސް" ގެ ނަމުން މަޝްހޫރުވެފައިވާ އޮވިޑިއޯ މިހާރުވަނީ މެކްސިކޯގެ ސަލާމަތީގޮތުން ވަރުގަދަ ޖަލަކަށް ބަދަލުކޮށްފައެވެ. އޭނާ މިފަހަރު ހައްޔަރުކޮށްފައިވަނީ ހަ މަސްދުވަސް ވަންދެން ފާރަލާ ބެލުމަށް ފަހުއެވެ.

47%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް