ads
ޕްރިންސް ހެރީ
އަފްގާނިސްތާނުގެ 25 މީހުން މަރާލި ކަމަށް ޕްރިންސް ހެރީ އެއްބަސްވެއްޖެ
އަފްގާނިސްތާނުގެ 25 މީހަކަށް ހަމަލާދީ މަރާލި ކަމަށް، ޕްރިންސް ހެރީ އެއްބަސްވެއްޖެ އެވެ.
Advertisement

ޕްރިންސް ހެރީ ވަނީ، އެލީޓް ސޭންޑް ހާސްޓް މިލިޓަރީ އެކަޑަމީ އިން ގްރެޖުއޭޓް ވުމަށް ފަހު ދެ ފަހަރެއްގެ މަތިން އަފްގާނިސްތާނުގައި އަސްކަރީ މަސައްކަތް ކޮށްފަ އެވެ. 

ދިހަ އަހަރު ދުވަސްވަންދެން އަސްކަރިއްޔާގައި ހިދުމަތް ކުރުމަށްފަހު ޕްރިންސް ހެރީ ވަކިވިރު، އެތައް ބައެއް މެރުމުގައި ޕްރިންސް ހެރީ އަމަލީ ގޮތުން ބައިވެރިވިކަމަށް މީގެކުރިން ވަނީ އަޑުފެތުރިފަ އެވެ. އެހެން ނަމަވެސް އިނގިރޭސި ޝާހީ އާއިލާގެ މައުލޫމާތު ތަކަކީ ވަރަށް ބޮޑަށް ސިއްރު ކުރެވިގެން ގެންގުޅޭ މައުލޫމާތުތަކެއް ކަމުން މިކަން އެއްވެސް ފަރާތަކަށް މީގެ ކުރިން ވަނީ ކަށަވަރު ކުރެވޭ ގޮތް ނުވެފަ އެވެ. 

މި މަހުގެ 10 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ، ޕްރިންސް ހެރީގެ އޮޓޯބަޔޮގްރަފީއާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ބުނެފައިވަނީ، ޕްރިންސް ހެރީ އަސްކަރިއްޔާގެ ހިދުމަތުގައި މަސައްކަތް ކުރި އިރު، އަފްގާނިސްތާނުގެ 25 މީހަކު މަރާލި ކަމަށް އެއްބަސްވެފައި ވާކަމަށެވެ. 

އަދި އެ ކަމާއި މެދު ފަހުރުވެރި ނުވާ ކަމަށާއި، އަދި ދެރަވެސް ނުވާ ކަމަށް ޕްރިންސް ހެރީ ބުނެފައި ވާކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. އަދި އެކަން އޭނާ ކުރީ، އަސްކަރިއްޔާގެ ޒިންމާގެ ތެރެއިން ކަމަށާއި، އަދިވެސް ހިދުމަތް ކުރަން ޖެހިއްޖެނަމަ ހިދުމަތް ކުރަން ތައްޔާރަށް ހުރި ކަމަށް ޕްރިންސް ހެރީ ބުނެފައި ވާކަމަށް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. 

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް ޕްރިންސް ހެރީ އަފްގާނިސްތާނުގައި މަސައްކަތް ކުރީ، އެއާ ކޮންޓްރޯލާއެއްގެ މަގާމުގަ އެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ޕްރިންސް ހެރީ މަސައްކަތް ކުރީ ހަނގުރާމަމަތީ ހެލިކޮޕްޓަރެއް ދުއްވުމުގަ އެވެ. 

މި މަހު ނެރުމަށް ހަމަޖެހިފައިވާ އޮޓޯބަޔޮގްރަފީއާއި ހަވާލާދީ ނެރެފައިވާ ރިޕޯޓްތަކުގައި ވާގޮތުން ޕްރިންސް ހެރީ ވަނީ ހަ އަސްކަރީ މިޝަންއެއްގައި އަމަލީ ގޮތުން ބައިވެރިވެފަ އެވެ. 

22%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް