ads
ޑިޝޯމްޕްސް ވޯލްޑްކަޕުގައި
ޑިޑިއޭ ޑެޝޯމްޕްސްގެ ކޮންޓްރެކްޓް އާކޮށްފި
ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، ޑިޑިއޭ ޑެޝޯމްޕްސްގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

ޑެޝޯމްޕޯސްގެ އާ ކޮންޓްރެކްޓާއެކު ދެން އޮންނަ ވޯލްޑްކަޕު ނިމެންދެން ފްރާންސްގެ ކޯޗުކަމުގެ މަގާމުގައި އޭނާ ހުއްނާނެއެވެ. ދެން އޮންނަ ވޯލްޑްކަޕް އޮންނާނީ، 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައެވެ. 

އުމުރުން 54 2އަހަރުގެ ޑެޝޯމްޕްސް ނިމިގެން ދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ފްރާންސްގެ ކޯޗުކަމުގެ މަގާމުން ވަކިވެދާނެ ކަމަށް ކުރިން ބައެއް ރިޕޯޓްތައް ބުންޏެވެ. އެހެންނަމަވެސް ފްރާންސްގެ ފެޑެރޭޝަނާއެކު ބޭއްވުނު މަޝްވަރާތަކަށް ފަހު ކޮންޓްރެކްޓް އަލުން އާ ކުރީއެވެ.

ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސުންވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް އަދި 2021 ވަނަ އަހަރު ބޭއްވި ޔުއެފާ ނޭޝަންސް ކާމިޔާބުކޮށްފައެވެ. އަދި މިދިޔަ ގަތަރު ވޯލްޑްކަޕުގައި ފްރާންސް ބަލިވީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް