ads
ވެލިދޫގައި އޮތް ކެމްޕެއިން ޖަލްސާގެ ތެރެއިން
އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭން މިފަހަރު ޕްރައިމަރީއެއް ބާއްވަން ނުވެސްޖެހޭ: ރައީސް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް މިފަހަރު ޕްރައިމަރީއެއް ބާއްވަން ނުވެސްޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫގައި ކުރިއަށްދާ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރިޔާސީ އިންތިހާބު އެއްބުރުން އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށާއި، އެވެރިކަން ދަމަހައްޓަވެސް ދޭނެ ކަމަށެެވެ.

”އެ ހިސާބަށް ދިއުމަށް ކޮށްލަންޖެހޭ ކުޑަކުޑަ ކަމެއް އެބައޮތް އެއީ ޕާޓީގެ ތެރޭގައި ބާއްވާ ޕްރައިމަރީ. ހަގީގަތުގައި މިއީ އަޅުގަނޑުމެންގެ ތެރޭގައި މިކަން ބާއްވަންޖެހޭ ވެސް ކަމެއް ނޫން، “ ރައީސް ވިދާޅުވި އެވެ.

ނަމަވެސް މިއަދުގެ ހާލަތު ހުރިގޮތުން އެ ޕްރައިމަރީ ބާއްވަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ޕްރައިމަރީވެސް އެމްޑީޕީއަށް އެމަނިކުފާނު ބޮޑުތަނުން ކާމިޔާބު ކޮށްދެއްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ މިފަހަރުގެ ޕްރައިމަރީގައި 57،000 އެއްހާ މެމްބަރުން ވޯޓުލާއިރު، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލައްކައެއްހާ ވޯޓު ކާމިޔާބު ކުރެވުނު ކަމަށެވެ. ނަމަވެސް ކުރީގައި އެމްޑީޕީއަށް ތަޖުރިބާ ކުރެވިފައިވާ ނާކާމިޔާބީ ތަކުގެ މާޒީގެ ވާހަކަ މިރޭވެސް ތަކުރާރު ކުރައްވާ ރައީސް ވިދާޅުވީ، އެވާހަކަ ތަކުރާރު ކުރެއްވެނީ އެފަދަ ކަމެއް ޕާޓީއަށް ވުމަށް އިތުރަށް ނޭދޭތީ ކަމަށެވެ.

އެގޮތުން ރައީސް ވަނީ 2008 ވަނަ އަހަރުގެ ހިތި ތަޖުރިބާ އާއި 2013 ވަނަ އަހަރު ކުރިމަތިވި ނާކާމިޔާބީގެ ވާހަކަ މިރޭ ވެސް ފާހަގަކުރައްވާފަ އެވެ. ރައީސް މިރޭވެސް އެޕާޓީގެ މެމްބަރުންގެ ކިބައިން އެދުނީ އެ ތަޖުރިބާތަކުގެ އަލީގައި އެމްޑީޕީ މުސްތަގުބަލު ފަހި ކުރުމަށް މިފަހަރުގެ ޕްރައިމަރީގައި އެމަނިކުފާނަށް ގަނޑުކޮށް ވޯޓު އަޅައި ޓިކެޓު ކާމިޔާބު ކޮށްދިނުމަށެވެ. 

27%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
73%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް