ads
ޝަންކަރު މިޝްރާ އަދި އެއާއިންޑިއާގެ ފްލައިޓެއް
އެއާ އިންޑިއާއިން ދަތުރުކުރި މީހަކު ވަޒީފާއިން ވަކިކޮށް ޖަލަށްލީކީއްވެ؟
އެއާއިންޑިއާ އިން ދަތުރުކުރި ޝަންކަރު މިޝްރާ ކިޔާ އިންޑިއާގެ ޕަސެންޖަރެއް، އަންހެން ޕަސެންޖަރެއްގެ ގަޔަށް ކުޑަކަމުދިޔަ މައްސަލަ ހޫނުވެ، އޭނާ ވަޒީފާއިން ވަކިކޮށް އެނާ ޖަލައްލައި އިތުރު އަދަބުތަކެއް ވެސް އެނާއަށް ދޭން ނިންމައިފިއެވެ.

ޓާޓާ ގްރޫޕްގެ އެއާ އިންޑިއާ އިން މިއަދު ބުނެފައި ވަނީ ނިއުޔޯކް-ދިއްލީގެ ފްލައިޓެއްގައި އަންހެން ފަސިންޖަރަކަށް ބޭޒާރުކޮށް ކުޑަކަމުދާ ކަމުގެ ތުހުމަތު ކުރެވޭ މީހާއަށް ވަގުތީގޮތުން އެ އެއާލައިންގެ ފްލައިޓްތަކުން ދަތުރުކުރުން މަނާކޮށްފައިވާކަމަށެވެ. 

އެ އެއާލައިނުން ބުނީ ތަހުގީގު ނިމެންދެން އެމީހާ 30 ދުވަހަށް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށާއި ކުށް ސާބިތުވެއްޖެ ނަމަ ދައުވާ ލިބޭ މީހާއާ މެދު އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އަންހެނަކަށް ފުރައްސާރަކޮށް އެމީހާގެ ގަޔަށް ކުޑަކަމު ދިޔައީ މަސްތުވެގެން ހުރެއެވެ. އެ ފްލައިޓަކީ ނިއުޔޯކުން ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް އޭއައި-102 އެވެ. މި ހުތުރު އަމަލު ހިންމި މީހާ ދަތުރުކުރީ  ބިޒްނަސް ކްލާހުގައެވެ. 

އެއާއިންޑިއާއިން މި މައްސަލަ ބަލަމުން އަންނައިރު އިންޑިއާ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާ މަސައްކަތް ކުރާ 'ވެލްސް ފާގޯ' ކިޔާ ކުންފުނިން ވަނީ އޭނާ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް