ads
ޖޯޝިމަތު ސިޓީގެ ބައެއް ގޭގޭގައި ރެނދުލައި ބިންގަނޑު ދަނީ ކަނޑައިގެން ދަމުން
ޖޯޝިމަތު ސިޓީ އަޑިއަށް ދަނީ! އިންޑިއާ އެލާޓަށް
އިންޑިއާގެ ޖޯޝިމަތު ސިޓީގެ ގެތައްއް ގަނބައިގަނެ އަޑިއަށް ދާ މައްސަލައިގައި އިންޑިއާގެ އިސްވެރިން އެލާޓާށް އައިސްފިއެވެ.

ޖޯޝިމަތު އަކީ އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޗަމޯލީ ޑިސްޓްރިކްޓްގައި އޮންނަ ސިޓީއެކެވެ. 6150 ފޫޓުގެ އުސްމިނުގައި އޮންނަ މި ތަނަކީ ހިމާލަޔާން ފަރުބަދައަށް އެރުމުގެ ބައެއް އެކްސްޕެޑިޝަންތަކާއި ޓްރެކިން ޓްރެއިލްތަކާކަށް ދިއުމަށް މީހުން ހުރަސްކުރާ އިންޑިއާގެ މަޝްހޫރު ސިޓީއެކެވެ. 

މި ސީޓިގެ ގެ ތައް އަޑިއަށް ދާތީ އެ ސިޓީގެ ރައްޔިތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ ސިޓީން 500 ގެ ގަނބައިގަނެ ރެނދުލާފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންގުމަށް ކުއްލި ކެބިނެޓު ބައްދަލުވުމެއް ވެސް މިއަދު ބާއްވާނެއެވެ.

"ގެތައް ގަނބަނީ އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓުތައް ހިންގުމަށް ކުރި މަސައްކަތްތަކުގެ ސަބަބުން. މިތާ ރައްޔިތުން ތިބީ ވަރަށް ބިރުން،" އެ ސިޓީން ވާހަކަ ދެއްކި މީހަކު އޭއެންއައި ނިއުސްއަށް ބުނެފައިވެއެވެ.

މި މައްސަލައިގައި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ސިޓީގެ ރައްޔިތުން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އިލްތިމާސްކޮށްފައެެވެ. 

ޖޯޝިމަތު ސިޓީގެ ސިފައިންވެސް ތައްޔާރީ ހާލަތައް އައިސްފައިވާއިރު، ބައެއް މީހުން ވަނީ އެ ސިޓީ ދޫކޮށްދާން ވެސް ފަށާފައެވެ. ސިފައިން ތިބި ސަރަހައްދު ތަކުން ވެސް ވަނީ ބިންގަނޑު ކަނޑައިގެން ދިއުމާ، ރެނދުލުމާއި ގެނބުމުގެ މައްސަލަ ދިމާވެފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން 1970 ގެ އަަހަރުތަކުން ފަށައިގެން މިސިޓީ ވަނީ އަޑިއަށް ދާން ފަށާފައެވެ. ނަމަވެސް މިހާބޮޑަށް މި މައްސަލަ އެ ސިޓީއަށް ދިމާވީ މިދިޔަ ހަފްތާގެ ތެރެގައެވެ. 

ކަމާބެހޭ އިދާެރާތަކުން މިއަދު ބާއްވާ މަޝްވަރާއަށްފަހު 17،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މި ސިޓީއަށް އަމަލުކުރާނެ ގޮތަކާމެދު ގޮތެއް މިއަަދު ނިންމާނެކަމަށް ބެލެވެއެވެ. 

44%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް