ads
ގޭގަ މީހަކު ކަސްރަތު ކުރަނީ
ގުދުލުމުން ސަލާމަތްވުމަށް ގޭގަ ކުރެވިދާނެ ފަސް ކަސްރަތު
ގުދު ލުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ.

މި މައްސަލަ އާންމުކޮށް މި ޒަމާނުގެ މީހުންނަށް ދިމާވަނީ މޭޒާ ދޮށުގައި ގިނަވަގުތު ހޭދަކުރުމާ، ކޮންޕިއުޓަރު ދޮށުގައި ގިނަވަގުތު ހޭދަކުރުމެވެ.

 ކޮނޑު ސޮހި، ގުދުލުމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުން ދަށްވެ، ބޮލުގައި ރިއްސުމާ ބުރަކަށީގައި ރިއްސުންފަދަ މައްސަލަތައް ދިމާވެއެވެ. 

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރުގެ ކޯޗު އަނުޝްކާ ވަނީ ގުދުލުމުން ސަލާމަތްވުމަށް ގޭގައި ފަސޭހައިން ކުރެވިދާނެ ފަސް ކަަސްރަތެއް ކިޔައިދީފައެވެ. 

1. ކެޓް އެންޑް ނިއުޓްރަލް ޕޯޒް

އަތް ކޮނޑާ ފުޅާމިނުގައި ވަކިން އަދި ކަކުލު ހުޅުން ސީދާ އުނަގަނޑުގެ ތިރީގައި ބަހައްޓާށެވެ. މިހާރު ކަނާތު ކޮނޑު ކައްސާލައިގެން ބޯ މައްޗަށް ގެނެސް އުނަގަނޑު ތިރިކޮށްލަމުން ނޭވާލާށެވެ. ދެން ފުންކޮށް ނޭވާ ދޫކޮށްލާފައި ބަނޑު ވައްދައިގެން ބުރަކަށި ގުދުކޮށްލާ ބޮލާއި އުނަގަނޑު ތިރިއަށް ގެންނަވާށެވެ.

your imageކެޓް އެންޑް ނިއުޓްރަލް ޕޯޒް

2. ޕަޕީ ޕޯޒް

ހަތަރު ފައިމައްޗަށް ތިރިވެ ނޭވާ ދޫކޮށްލާއިރު ކުރިމައްޗަށް އަތް ދިއްކޮށްލާށެވެ. އިނގިލިތައް ފަތުރާލުމަށްފަހު ތަޅުގައި އަތްތިލަ ފިއްތާލުމަށްފަހު މަޑުމަޑުން ނިތްކުރި މެޓަށް ދޫކޮށްލާއިރު މޭމަތި ތަޅުންގަނޑާ ދިމާއަށް ދޫކޮށްލާށެވެ. 

your imageޕަޕީ ޕޯޒް

3. ރެބިޓް ޕޯޒް

ކަކޫމައްޗަށް އިށީނދެ، ބޯ ބިންމައްޗަށް ވައްޓާލައިގެން، އަތުން ފައިގައި އަތްލާފައި، ރެބިޓް ޕޯޒްގައި މަދު ސިކުންތުކޮޅަކަށް މަޑުކޮށްލާށެވެ.

your imageރެބިޓް ޕޯޒް

4. ޑޮލްފިން ޕްލާންކް ޕޯޒް

ޓެބްލެޓް ޓޮޕް ޕޮޒިޝަންގައި ހުރެ، އަތްތިލަ ތަޅުމުގައި ފިތާލުމަށްފަހު، އުނަގަނޑާއެކު ފަޔާއި މުލައްދަނޑީގެ ބާރުން ހަށިގަނޑު އުފުލާލާށެވެ. 

your imageޑޮލްފިން ޕްލާންކް ޕޯޒް

5. ކައު ފޭސް އާމްސް ޕޯޒް

ކަކޫމައްޗަށް އިށީގެ އުނަގަނޑުން ތިރީގައި ފައި ފަޅާލައި، ބުރަކަށި ދިގުކޮށް، ކަނާތު ކޮނޑުގެ ތިރިން ބޭރަށް އުފުލާލާށެވެ. ކަނާތު އަތް އެއްފަރާތަކަށް ގެންގޮސް އެނބުރުވާލާނީ އަތްތިލަ ފަހަތަށް ވާގޮތަށް އަދި އިނގިލި ތިރިއަށް ލާށެވެ. ދެން، ކަނާތު އަތް އެއްފަރާތަކަށް ބޭރަށް ނެރެ ސީލިންގާ ދިމާލަށް މައްޗަށް ގެންދާށެވެ. އެއް އަތުން އަނެއް އަތުގައި ހިފާށެވެ. ނުވަތަ އިނގިލިތަކުގައި އަތްލާށެވެ.

your imageކައުފޭސް އާމް ޕޯޒް

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް