ads
ބާ ޓޭލްޑް ގޯޑްވިޓް
ހުއްޓުމެއް ނެތި 11 ދުވަހު ދޫންޏެއް އުދުހިގެން ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ހޯދައިފި
ހުއްޓުމެއްނެތި 11 ދުވަހު އުދުހިގެން ދުނިޔޭގެ އެންމެ ދުރަށް އުދުހުނު ދޫނީގެ ރެކޯޑު ބާ ޓޭލްޑް ގޯޑްވިޓް ނަމުން ނަންދެވިފައިވާ ދޫންޏެއް މުގުރާލައިފިއެވެ.

މި ބާ ޓޭލްޑް ގޯޑްވިޓް ވަނީ އަލަސްކާ އިން އޮސްޓްރޭލިއާގެ ޓެސްމަނިއާ އަށް ހުއްޓުމެއް ނެތި 8،435 މޭލު ދުރަށް އުދުހިފައެވެ. އަރާމު އަދި ކާނާ ނުލިބި 11 ދުވަހުގެ މި ދަތުރު ޓްރެކްކޮށްފައިވަނީ ހިޖުރަކުރާ ދޫނިތަކުގައި އަޅުވާ ސެޓެލައިޓް ޓެގެއްގެ އެހީތެރިކަމާއެކުއެވެ. 

ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނާ ގޮތުގައި ޓެގް ނަމްބަރު "234684" އިން މަޝްހޫރު ބާ ޓޭލްޑް ގޯޑްވިޓް (ލިމޯސާ ލަޕޮނިކާ) އަލަސްކާ އިން އޮސްޓްރޭލިއާގެ ޓެސްމަނިއާ ސްޓޭޓަށް 13،560 ކިލޯމީޓަރު (8،435 މޭލު) ދުރަށް ކާނާ ނުވަތަ އަރާމު ކުރުމަށް ހުއްޓުމެއް ނެތި ވަނީ އުދުހިފައެވެ. 

"ކަވަރު ކުރެވޭ ދުރުމިނަކީ ލަންޑަނާއި ނިއުޔޯކާއި ދެމެދު ދެ ދަތުރާއި ބައި ނުވަތަ ގާތްގަނޑަކަށް ދުނިޔޭގެ ވަށައިގެންވާ ސަރަހައްދުގެ ތިންބައިކުޅަ އެއްބައި ، އަދި 11 ދުވަހާއި އެއްގަޑިއިރު ވަންދެން އުދުހުން ކުރިއަށް ގެންދިޔައީ އެއްފަހަރު ވެސް ހުއްޓުމެއް ނެތި،" ރެކޯޑް ބެލެހެއްޓުމުގެ ޖަމިއްޔާއިން ބުންޏެވެ.

މީގެ ކުރިން ވެސް އެންމެ ދުދުރަށް އުދުހުމުގެ ރެކޯޑު އޮންނަނީ މި ބާވަތުގެ ދޫންޏެއްގެއެވެ. އެ ގޯޑްވިޓް ވަނީ މީގެ ކުރިން 217 މޭލު އުދުހިފައެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް