ads
ނާޒިމް
އެއްޖިންސުން ގުޅުން ހިންގި ނާޒިމް ސައްތާރު މިނިވަން ވެއްޖެ
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ ސާބިތުވުމުން ގޭ ބަންދު ކުރި ނާޒިމް ސައްތާރު މިނިވަން ވެއްޖެ އެވެ.
Advertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމްގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާ، ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ކުރުމަށް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގަ އެވެ. 

މިއީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ސާބިތުވެ ރާއްޖޭގައި މިހާތަނަށް ކުރި އެންމެ ކުޑަ އެއް ހުކުމެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރި އާއެކު ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް ނާޒިމް ވަނީ ޝަރީއަތުގައި އެއްބަސްވެފަ އެވެ. އަދި އޭނާ އެކަމުން ތައުބާވާކަމަށްވެސް ކޯޓުގައި ވަނީ ބުނެފަ އެވެ.

ނާޒިމް ސައްތާރު ގޭ ބަންދުގައި ހުރި އިރު އޭނާ ގެއިން ބޭރަށް އެކި ފަހަރު މަތިން ވަނީ ނިކުމެފަ އެވެ. އެކަމާއި ގުޅިގެން މީގެ ކުރިން އޭނާ ބުނީ، ގެއިން ބޭރަށް ނިކުންނަނީ ހުއްދަ ނަގައިގެން ކަމަށެވެ. 

އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި ގިނަ ބަޔަކު ތިބި އިރު، މިހާތަނަށް އެ މައްސަލައިގައި ނާޒިމްގެ އިތުރުން ހުކުމް ކުރީ އަލަމްގިރި އާއި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރަހްމާން ރަފީއުގެ މައްޗަށެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް