ads
ބޮލީވުޑްގެ ބައެއް ތަރިން
ގޭންގުތަކުގެ ގުންޑާއިންނާ ރައްޓެހިވި ބޮލީވުޑްގެ ބައެއް ތަރިން
ބޮލީވުޑަކީ އަންޑަރވޯލްޑް އާއި އެކު ދިގު ތާރީހެއް އޮތް ތަނެކެވެ. ބޮލީވުޑްގެ ބަތަލާއިންގެ ރީތިކަމުގެ އަވާގައި ގޭންގުތަކުގެ ގުންޑާއިންވެސް ޖެހޭލެއް މަދެއް ނޫނެވެ. އަދި ގުންޑާއިންގެ މުއްސަނދިކަމާ 'ޗާމް' ގައި ވެސް ބޮލީވުޑްގެ ތަރިން ވެސް ޖެހެއެވެ.

މިގޮތުން ދާދިފަހުން 2022 ވަނަ އަހަރު ބޮލީވުޑްގެ ތަރި ޖެކޮލީން ފަރްނަންޑޭޒް ވެސް ސުކޭޝް ޗަންދްރަ ކިޔާ މިފަދަ ގުންޑާއެއްގެ އަވާގައި ޖެހިފައެވެ. ޖެކޮލީން އަށް ވެސް ތުހުމަތުވާ 200 ކަރޯޑު ރުޕީޒްގެ މަނީ ލޯންޑަރިންގެ މައްސަލައެއް ވެސް އަންނަނީ މިހާރު އިންޑިއާ ފުލުހުން ތަހުގީގު ކުރަމުންނެވެ.

your imageޖެކޮލީން ފަރްނަންޑޭޒް

މަމަތާ ކުލްކަރްނީ- މަމަތާ ކުލްކަރްނީ އަކީ ނުވަދިހަ ވަނަ އަހަރުގެ އެންމެ ރީތި ބަތަލާއެވެ. އޭނާގެ ކެރިއަރުގައި މަދު ފިލްމުތަކެއްގައި މަސައްކަތް ކުރި ނަމަވެސް، އެ ފިލްމުތަކުގައި އޭނާގެ އެކްޓިން އާއި ސްޓައިލުން އެންމެން މޮޔަކޮށްލިއެވެ. އެވަގުތު ބޮޑެތި ބަތަލާއިން އެމީހުންގެ ރީތިކަމުގެ ކުރިމަތީގައި ފަނޑުވެގެން ދިޔައެވެ. އެކަމަކު މާމަތާ ކުލްކަރްނީގެ ނަން ގޭންގްސްޓާރުންނާ ގުޅުވަން ފެށި ދުވަސްވަރެއް ވެސް އައެވެ. އޭނާގެ ނަން ޑްރަގް މާފިއާ ވިކީ ގޯސްވާމީއާ އެކު ފެވިގެން ދިޔައެވެ. 2017 ވަނަ އަހަރު ބަތަލާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ ޝައުގުވެރިކަން ރޫހާނީ ކަންކަމާ ދިމާއަށް ބަދަލުވެފައިވާ ކަމަށާއި މިހާރު އޭނާ އައު ދިރިއުޅުމެއް އުޅެމުން ގެންދާކަމަށެވެ.

your imageމަމަތާ ކުލްކަރްނީ

ހިނާ ކައުސަރު- ހިނާ ކައުސަރަކީ އޭނާގެ ޒަމާނުގެ މަޝްހޫރު ބަތަލާއެކެވެ. އެއީ މަޝްހޫރު ފިލްމީ ތަރި ކޭ އާސިފްގެ ދަރިއެކެވެ. އޭނާ ގެ ނަން ސަމާލުކަމަށްއައީ 90 ގެ އަހަރުތަކުގައި ގޭންގްސްޓާ އިގްބާލް މިރްޗީއާ ކައިވެނި ކުރިކަމުގެ އަޑުތައް ފެތުރިގެންނެވެ. އިޤްބާލް އާއި ކައިވެނި ކުރުމަށްފަހު އިނގިރޭސިވިލާތަށް ބަދަލުވެ އުމުރުގެ ބާކީ އޮތްބައި ހޭދަކުރީ އެތާގައެވެ. އިޤްބާލް މަރުވުމަށްފަހުވެސް އޭނާ އެނބުރި އިންޑިއާއަށް ނުގޮސް އެންމެ ފަހު ވަގުތުތައް އިނގިރޭސިވިލާތުގައި ހޭދަކުރުމަށް ނިންމިއެވެ.

your imageއިގްބާލް އަދި ހިނާ ކައުސަރު

ސޯނާ މަސްތާން މިރްޒާ- ސޯނާ މަސްތާން މިރްޒާ މި ސިނާއަތަށް ނުކުތްއިރު މީހުންއެހާ ބޮޑަށް އޭނާއަށް ސަމާލުކަން ދިނީ އޭރުގެ މަޝްހޫރު ތަރި މަޑުއްވަލާއާ ވައްތަރުކަމުންނެވެ. މިހެން މިހެންވީ އެމޫނު ވަރަށް ބޮޑަށް މަޑުއްވަލާއާ ވައްތަރުވާތީއެވެ. އަދި އޭރުގެ އަންޑަރވޯލްޑް ޑޮން ހާޖީ މަސްތާން މަޑުއްވަލާދެކެ ވަރަށް ލޯބިވިއެވެ. ހާޖީ މަސްތާނަށް މަޑުއްވަލާ ނުފެނުނު ނަމަވެސް ކައިވެނި ކުރީ ސޯނާ މިރްޒާ އާއެވެ. ސޯނާ އަކީ އޭރު ބޮޑެތި ބަޖެޓްގެ ފިލްމުތަކެއްވެސް ނުލިބެއވެ. އޭނާގެ ދިރިއުޅުން ބަދަލުވީ ހާޖީ އާއި ކައިވެނި ކުރުމަށްފަހުގައެވެ. އަޖޭ ދޭވްގަންގެ "ވަންސް އަޕަން އަ ޓައިމް އިން މުމްބާއީ" އިން އެ ދެމީހުންގެ ލޯބި ދައްކުވައިދިނެވެ.

your imageސޯނާ މަސްތާން

މޮނިކާ ބެޑީ- މޮނިކާ ބެދީ އަކީ އޭނާގެ ޒަމާނުގެ މަޝްހޫރު ބަތަލާއެކެވެ. އޭނާ ވަނީ ސަލްމާން ހާން، ގޮވިންދާ އަދި ސަންޖޭ ދަތު ފަދަ އެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭނާގެ ނަން އަބޫ ސަލީމް އާއި ގުޅެން ފެށުމުން އެންމެންގެ ސަމާލުކަން އޭނާ ހޯދިއެވެ. ރިޕޯޓްތައް ބުނާ ގޮތުން މޮނީކާ އިސްލާމް ދީނަށް ބަދަލުވީ އަބޫ ސަލީމް އާއި ކައިވެނިކޮށްގެންނެވެ. ފިލްމްފެއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މޮނިކާ އާއި އަބޫ އެންމެ ފުރަތަމަ ބައްދަލުވީ 1998 ވަނަ އަހަރު އެވެ.މިއަށް ފަހު އެ ދެމީހުންގެ ހަޔާތުގެ ސަފްހާތައް ފެށުނެވެ. މޮނިކާ ވަނީ އަބޫ އާއި އޭނާގެ ގުޅުމުގެ ވާހަކަ ވެސް އިންޓަވިއުއެއްގައި ކިޔައިދީފަ އެވެ.

your imageމޮނިކާ ބެޑީ އަދި އަބޫ ސަލީމް

މަންޑަކިނީ- ބޮލީވުޑްގައި މަންޑަކީނީގެ ކެރިއަރަކީ ވަރަށް ކުރު މުއްދަތެކެވެ. އެކަމަކު އެންމެ ފިލްމެއް ‘ރަމް ޓެރީ ގަންގާ މަލީ’ އިން އޭނާއަށް ލިބުނު ކާމިޔާބީ އޭނާގެ ކެރިއަރުގައި ހޯދިއިރު، ފަހަރެއްގައި ގިނަ ފިލްމުތަކުން އެ މަގުބޫލުކަން ނުލިބުނީސް ކަމަށް ވެދާނެ އެވެ. ފިލްމުކުޅެން ނުކުތް ދުވަސްވަރު އެ ބަތަލާގެ ނަން ގުޅެން ފެށީ އަންޑަރވޯލްޑްގެ ރަސްގެފާނު ދާއޫދު އިބްރާހިމްއާއެވެ. ދެމީހުން ވެސް ވަނީ އެކުގައި ގިނަ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. ދާއޫދާއި އޭނާގެ ގާތްކަމުގެ ސަބަބުން އޭނާގެ ކެރިއަރަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ. 1996 ވަނަ އަހަރަށް ފަހު ކުއްލިއަކަށް ސިނާއަތުން ގެއްލުނު އިރު އެނާ ވަނީ އިންޑިއާ ވެސް ދޫކޮށް ގޮސްފައެވެ.

your imageމަންޑަކިނީ

ޖޭސްމީން ދުންނާ- ޖޭސްމީނަށް މަޝްހޫރުކަން ލިބުނީ 1988 ވަނަ އަހަރު ރިލީޒްކުރި ފިލްމު ވީރާނާ އިންނެވެ. މި ތަސްވީރުގައި އޭނާގެ ކިއުޓްކަން އެންމެންނަށް ވެސް ޔަގީނެވެ. ފިލްމުކުޅެން ފެށުމާއެކު މަޑުމަޑުން އޭނާއާ ބެހޭ ގޮތުން ނެގެޓިވް ހަބަރުތައް އަންނަން ފެށިއެވެ. ގޭންގްސްޓާ ދާއޫދު އިބްރާހިމް އާއި އެކު އޭނާ ރޮމޭންސް ކުރިކަމުގެ ޚަބަރުތައް ވެސް ފެތުރިފައިވެ އެވެ.

your imageޖޭސްމީން ދުންނާ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް