އުމުރުން 23 އަހަރުގެ ނަދީމް މަރުވެފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭތެރޭގައި އިންދައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން ނެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކޮށްފަ ވަނީ:
ނަދީމުގެ މަރަށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، އެމައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ މި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލީ މިދިޔަ ނޮވެމްބަރު ތެރޭގަ އެވެ.
މިއަދު ޕީޖީ އޮފީހުން ބުނިގޮތުގައި އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. މިމައްސަލާގައި ދައުވާކޮށްފައިވާ އެންމެން ދައުވާތަކަށް އިންކާރުކުރާއިރު، ވަޅި ހިފައިގެން ކެފޭތެރެއަށް ވަދެ ހަމަލާދިނީ މަފާޒު ކަމަށް ދެ ހެއްކަކު ތަހުގީގުގައި ވެސް އަދި ކޯޓުގައި ވެސް ހެކި ބަސް ދީފައި ވެއެވެ.
ނަމަވެސް އޭގެފަހުން އޮތް އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވާގޮތުގައި އެ ހިކަބަސް އެގޮތަށް ދިނުމަށްފަހު، ފަހުން ކޯޓަށް ފޮނުވި ސިޓީއެއްގައި، ނަދީމަށް މަފާޒް ހަމަލާދިން ކަމަށް ބުނެވުނީ ޔަގީން ކަމެއް ނެތި ކަމަށް ބުނެ، އެ ހެކިބަސް ފަހުން އޭނާ ވަނީ އަނބުރާ ގެންގޮސްފަ އެވެ. ހުކުމް އިއްވުން އެކި ފަހަރުމަތިން ލަސްކުރެވުނު އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހުރިހާ ހެކިވެރިން ވެސް ކޯޓުގައި ހެކިބަސް ދިނުމަށް ވަނީ އިންކާރުކޮށްފަ އެވެ. އެހެންކަމުން، ހެކިވެރިންނަށް ބިރުދައްކަމުންދާ ކަމުގެ ކަންބޮޑުވުން ދައުލަތުން އަޑުއެހުންތަކުގައި ފާޅުކޮށްފައި ވެއެވެ.