ads
ދިރާގު އެޕްގެ އަޕްޑޭޓާއިއެކު މުޅިން އާ ފީޗާތަކެއް
ދިރާގު އެޕްގެ އަޕްޑޭޓާއިއެކު މުޅިން އާ ފީޗާތަކެއް
ދިރާގުން ވަނީ އެކުންފުޏިގެ މޯބައިލް އެޕްއަށް މުޅިން އާ އަޕްޑޭޓެއް ތައާރަފްކޮށްފައެވެ.
Advertisement

މި ފަހުގެ އަޕްޑޭޓާއެކު ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް މުޅިން އާ ފީޗާޒްތަކެއް ބޭނުން ކުރެވޭނެއެވެ. އަދި ކަސްޓަމަރުންގެ އެކައުންޓްތަކާއި ހިދުމަތްތައް ފަސޭހަކަމާއެކު މެނޭޖްކޮށްލެވޭނެއެވެ.  

މި އަޕްޑޭޓާއެކު އަލަށް ހިމެނުނު ފީޗާޒްތަކުގެ ތެރޭގައި ހިމެނެނީ:

މޮބައިލް ޕްލޭންތަކާއި ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަށް ބަދަލުކުރުން: މިހާރު ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޯބައިލް ޕްލޭންތަކާއި ހޯމް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތައް ބަދަލުކުރެވޭނެއެވެ. ކުރިން މި ބަދަލު ގެނެވޭނީ ހަމައެކަނި ދިރާގު މައިއެކައުންޓް ޕޯޓަލް މެދުވެރިކޮށެވެ.  

ތަފްސީލީ ބިލް ފެނުން: ރެސިޑެންޝަލް ކަސްޓަމަރުންނަށް ފާއިތުވި 12 މަސް ދުވަހުގެ ބިލްގެ ފުރިހަމަ ތަފްސީލް މިހާރު ދިރާގު އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ. ބިލްގެ މައުލޫމާތު ދިރާގު އެޕްއަށް ލޮގިންކޮށްލުމަށްފަހު "ވިއު ބިލްސް" ސެކްޝަނަށް ދިޔުމުން ހޯދޭނެއެވެ.

އެޑް-އޮންސް ކެންސަލްކުރުން: ދިރާގު ޕޯސްޓްޕެއިޑް 150 އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށް މިހާރު ރިކަރަންޓް އެޑް-އޮންތައް އެއެޕްގައިވާ "އެޑް-އޮން ބެލެންސް" ބަޓަންއަސް ފިއްތާލައިގެން ކެންސަލް ކުރެވޭނެއެވެ.

ގޫގުލް ޕްލޭ ސްޓޯރާއި އައިއޯއެސް އެޕް ސްޓޯރު މެދުވެރިކޮށް ކަސްޓަމަރުންނަށް ދިރާގު މޮބައިލް އެޕް އަޕްޑޭޓް ކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންގެ ދިރިއުޅުން މުއްސަނދިކޮށް ޑިޖިޓަލް ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދިނުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް