ads
ރައީސް ޔާމީން
ޔާމީން މިނިވަންކުރަން ޕީޕީއެމުން ބޭރުގެ އެހީއަށް
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް އެ ޕާޓީން ފަށައިފި އެވެ.

ޔާމީން ޖަލަށްލީ ރިޝްވަތުގެ މައްސަލައަކާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ޖުމްލަ 11 އަހަރަށެވެ. ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުއެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށައި ޕީޕީއެމުންވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅަޅާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމަރަލް މުހައްމަދު ފައްޔާޒް ގަލާނީއާ ބައްދަލުކޮށް ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް މިކަން ޕީޕީއެމުން ރަސްމީކޮށް އަދި ހާމަ ނުކުރެއެވެ.

ޕާކިސްތާނު ހައިކޮމިޝަނަރާ އެކު ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ބައްދަލުވުމަކަށް ފަހު ފޮޓޯއެއް ޓްވިޓާގައި އާއްމުކޮށްފައިވީ ނަމަވެސް ޓްވީޓުގައި ރައީސް ޔާމީން މިނިވަން ކުރުމާ ގުޅޭ އެއްވެސް ވާހަކައެއް ބަޔާންކޮށްފައި ނުވެއެވެ.

ވ.އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނާއި ހަވާލުކޮށް، ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުން ދަނިކޮށެވެ. ޔާމީން އަށް އައި ޖަލު ހުކުމާއި ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލިދާނެ ކަމުގެ ބިރުހީވެފައިވާ މިދަނޑިވަޅުގައި އެ ހުކުމް ވީހާވެސް އަވަހަށް އިސްތިއުނާފު ކުރާނެކަމަށް ވަކީލުން އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އެކަމަކު، އެމައްސަލަ އަދި އިސްތިއުނާފެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް