ads
ޓީއެމްއޭގެ ސީޕްލޭން ތަކެއް
ޓީއެމްއޭ ހެކުކޮށް، ސިއްރު ލިޔެކިޔުންތަކެއް އިންޓަނެޓުގައި ލީކުކޮށްލައިފި
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމުގައިވާ، ޓްރާންސް މޯލްޑިވިއަން އެއާވޭޒްގެ ސިއްރު ލިޔެކިއުންތަކެއް އިންޓަނެޓުގައި ލީކު ކޮށްލައިފި އެވެ.

ގިނަ ވެބްސައިޓް ތަކެއް ހެކް ކުރުމުގައި ބައިވެރިވަމުން އަންނަ ރެންސަމް ހައުސް އިން ބުނެފައިވާ ގޮތުގައި، ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޓީއެމްއޭގެ ސިއްރު ގިނަ މައުލޫމާތު ތަކެއް ހެކު ކޮށްފައި ވާކަމަށެވެ. 

އެގޮތުން ޖުމްލަ 350 ޖީބީގެ ޓީއެމްއޭގެ ސިއްރު މައުލޫމާތު ހެކަރުންގެ އަށްދަށު ވެފައި ވާކަމަށާއި، އެ މައުލޫމާތުތައް މިހާރު އިންޓަނެޓުން ލިބެން ހުންނާނެ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ. 

ހެކަރުން މިހެން ބުނެފައިވާއިރު، މި އަހަރުގެ ފުރަތަމަ ދުވަހު ޓީއެމްއޭގެ  ޗެކިން ސިސްޓަމަށް ދިން "މެލްވެއާ އެޓޭކެއް"ގެ ސަބަބުން ދަތުރުތައް ހުއްޓި، ރިސޯޓުތަކަށް ފުރަން ގޮސް ތިބި ފަތުރުވެރިން އެތައް އިރެއް ވަންދެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ތާށިވި އެވެ. އެހެން ނަމަވެސް ޓީއެމްއޭއިން ވަނީ ހަމަ އެ ދުވަހު އެ މައްސަލަ ހައްލުކޮށް އަލުން ހިދުމަތްދޭން ފަށާފަ އެވެ. 

ޓީއެމްއޭއިން އަންނަނީ ރާއްޖޭގެ 80 އަށްވުރެ ގިނަ ރިސޯޓުތަކަށް ދަތުރުތައް ކުރަމުންނެވެ. އަދި ދުވާލަކު އެތައް ހާސް ބަޔަކަށް ޓީއެމްއޭއިން އަންނަނީ ހިދުމަތް ދެމުންނެވެ. 

ހެކަރުން ބުނެފައިވާ ގޮތުގައި އިންޓަނެޓުގައި ލީކުކޮށްލާފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ކަސްޓަމަރުންގެ އީމެއިލް އެޑްރެސް ތަކާއި އެމީހުން ފޯނު ނަންބަރުތަކާއި، ކްރެޑިޓް ކާޑުގެ މައުލޫމާތަކުގެ އިތުރުން އައިޕީއެޑްރެސްތައް ހިމެނެ އެވެ. 

ޓީއެމްއޭގެ ސިއްރު މައުލޫމާތު ތަކެއް ލީކުކޮށްލާފައި ވާކަމަށް ބުނެފައި ވާއިރު، މިކަމާއި ގުޅިގެން އަދި މިހާތަނަށް ޓީއެމްއޭއިން މައުލޫމާތު ހިއްސާ ކޮށްފައި ނުވެ އެވެ.

0%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް