އައްޑޫ މޭޔަރު ނިޒާރު ރައީސް ސާލިހަށް ތާއީދު ކުރައްވާ މި މޭރުމުން ވާހަކަ ދެއްކެވީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިހާރު އައްޑު ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫގައި މިއަދު ދެއްކެވި ވާހަކައިގައެވެ. ނިޒާރު ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް ގެނެވެން އޮތް ހަމަ އެކަނި މަގަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމާމެދު ޝައްކެތް ނެތް ކަމަށެވެ.
އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސޯލިހް މިއަދުވަނީ ރާއްޖޭގެ ތަރައްގީގެ އެންމެ އިސް ސަފުގައި އަބަދުވެސް ތިބީ އައްޑޫގެ މީހުން ކަމަށާއި އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ ވެސް އައްޑޫގެ މީހުން ކަމަށް ވިދާޅުވެފައެވެ.
އަނެއްކޮޅުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދުވަނީ އެ މަނިކުފާނުގެ ރަނިން މޭޓަކަށް އައްޑޫ ބޭފުޅަކު ނަންގަވާނެ ކަމަށް ވިދާޅުވެފައެވެ.