ads
ކުށްވެރިއަކު ބިޑި އަޅުވާފައި
މަންމަގެ ވޮލެޓުން ވައްކަންކޮށްގެން ޖަލު ހުކުމެއް
މަންމަގެ ވޮލެޓުން 1500 ރުފިޔާ ވަގަށް ނެގި މީހަކު ހަތަރު މަހާ ސައުވީސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
Advertisement

މިދިޔަ ހަފްތާގައި ގދ. ވާދޫ މެޖިސްޓްޓް ކޯޓުން މި ހުކުމްކޮށްފައިވަނީ ގދ.ވާދޫ އަތަމާގެ، އާސިފް އިބްރާހީމްގެ މައްޗަށެވެ. އާސިފްގެ މަންމަގެ ވޮލެޓުން ވައްކަންކޮށްގެން ހުކުމްކޮށްފައިވަނީ އާސިފް އެކަމަށް އިއުތިރާފުވުމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މިއީ މިދިޔަ ނޮވެންބަރު މަހެއްގެ ދުވަހެއްގެ މެންދުރު، ގދ.ވާދޫ އަތަމާވިލާގޭގެ ކުޑަ ދޮރެއްގައި ހުރި މޮހޮރެއް ނައްޓާލައިގެން އެގޭ ތެރެއަށްވަދެ މިއީ އާސިފް އޭނާގެ މަންމަ ކަމުގައިވާ ގދ.ވާދޫ އަތަމާގެ، ފާތިމަތުމަނިކެ ނިދާ ކޮޓަރީގައި ހުރި ޑްރެސިންގް ޓޭބަލް ކައިރީގައި ހުރި މޭޒެއް މަތީގައި އޮތް ވޮލެޓަކުން -/1500 ރުފިޔާ ވަގަށް ނަގާފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އާސިފް އިބްރާހީމްގެ މައްޗަށް "ވައްކަން ކުރުމުގެ" ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާތީ ބެލުނު މައްސަލައެކެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުވާލިބޭ ފަރާތް އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވަމުން ދައުލަތުން ކުރި ދައުވާ ރަނގަޅަށް ސާފުވެއްޖެކަމަށާއި، ދަޢުވާގައި ބުނެފައިވާ ތާރީހުގައި ގދ.ވާދޫ އަތަމާވިލާގޭގެ ކުޑަ ދޮރެއްގައި ހުރި މޮހޮރެއް ނައްޓާލައިގެން އެގޭ ތެރެއަށްވަދެ ގދ.ވާދޫ އަތަމާގެ، ފާޠިމަތުމަނިކެ ނިދާ ކޮޓަރީގައި ހުރި ޑްރެސިންގް ޓޭބަލް ކައިރީގައި ހުރި މޭޒެއް މަތީގައި އޮތް ވޮލެޓަކުން -/1500 ރުފިޔާ ވަގަށް ނެގިންކަމަށް ބުނެ، ދައުވާއަށް އިޢުތިރާފްވެފައިވެއެވެ.

މި މައްސަލައިގެ ކުށް ސާބިތުވުމުން އަދަބާއި ބެހޭގޮތުން ވާހަކަ ދައްކަން ދައުވާލިބޭ ފަރާތަށް ފުރުސަތު ދިނުމުން އަދަބުގެ ބާވަތް ބަދަލުކުރަން ބޭނުން ނޫން ކަމަށާއި، އަދަބާއި ބެހޭގޮތުން ދައްކާނެ ވާހަކައެއް ނެތްކަމަށް ދައުވާލިބޭ ފަރާތުން ބުނެފައިވެއެވެ. މައްސަލައިގެ ހުކުމް ކުރީ ވާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ލިމްއާން މުހައްމަދެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާގައި އާސިފް 30 ދުވަހު ބަންދުކޮށްފައިވާތީ އޭނާގެ މައްޗަށް ކުރި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ބާކީ އޮތް ތިން މަހާއި 24 ދުވަހެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް