ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން، ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ވެލާނާ އެއަޕޯޓުގެ ފަޅާއި، މަގުން ބައެއް ސަރަހަައްދުތައް ބަންދުކުރަން ނިންމައިފި އެވެ.

Advertisement
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ، މި މިމަހުގެ 15 އިން 17 އަށެވެ.
މޯލްޑިވް އެއަޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް) އިން މިއަދު ބުނިގޮތުގައި، ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާ ވަގުތު މާދަމާގެ 09:00 އިން 11:00 އަށް، އަދި ދަތުރުފުޅު ނިންމަވާލައްވާ ދުވަހުގެ 07:30 އިން 08:30 ގެ ނިޔަލަށް، ބައެއް މަގުތަކާއި ފަޅުތައް ބަންދުވާނެ ކަމަށެވެ. އެވަގުތު ތަކުގައި އެ ބަންދުކޮށްފައިވާ ސަރަހައްދުތަކުން ހިނގުމުގައި ވެސް ސެކިއުރީޓީ ބަލަހައްޓަވާ ފަރާތްތަކުގެ އިރުޝާދަށް ތަބާވުމަށް ވަނީ އަންގާފަ އެވެ
އެގޮތުން:
- އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން، ޑޮމެސްޓިކް ޓާމިނަލްގެ އުތުރު ކަންމައްޗާއި ދެމެދު ބަންދުވާނެ
- މާދަމާގެ 09:00 އަދި 17 ވަނަ ދުވަހުގެ 07:30 ގެ އެއްގަޑިއިރު ކުރިން ކާގޯ ޓާމިނަލް ދިމާލުގައިވާ ނެރުން ފެށިގެން، ރަސްމީ ފާލަމާއި ދިމާލުގައިވާ ނެރާއި ހަމަޔަށް އެއްވެސް އުޅަނދެއް އަޅާފައި ނުބޭއްވުމަށް ވަނީ އަންގާަފައި
- މި ދެ ދުވަހު އެމްޓީސީސީގެ ބަސް އަދި އެމްއެސްސީއެލްގެ ސްޓާފް ބަސް ހުއްޓާނީ ވެސްޓާން ޕާކީން ސަރަހައްދަށް
- އެމްއޭސީއެލްގެ ފެރީ ގާތްކުރާނީ ވެސްޓާން ޕާކިން ސަރަހައްދުގެ ބަނދަރު(ބީ) އަށް