ޕާކިސްތާނުގެ އިކޮނޮމިކް އެފެއާޒް ޑިވިޝަނުން ބުރާސްފަތި ދުވަހު ވިދާޅުވީ މިކަން ކަށަވަރުކޮށްދީފައިވާއިރު ފައުދީ ފަންޑާއި ޕާކިސްތާނާއި ދެމެދު މިކަމުގެ އެއްބަސްވުމުގައި މިހާރުވަނީ ސޮއިވެސް ކޮށްފައެވެ.
ބުރާސްފަތި ދުވަހު އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ ޗީފް އެގްޒެކެޓިވް ސުލްތާން އަބްދުއްރަހްމާން އަލް މަރްޝާދު އާއި ޕާކިސްތާނުގެ ސެކްރެޓަރީ ފޯރ މިނިސްޓްރީ އޮފް އިކޮނޮމިކް އެފެއާޒްއާއި އެކުއެވެ.
ޕާކިސްތާނުގެ ތެލުގެ ސިނާއަތަށް ދައުދީން އެއް ބިލިއަން ޑޮލަރުގެ ފައިނޭންސް ދިނުމަށް ނިންމާފައިވާއިރު ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ބުރާސްފަތި ދުވަހު ވަނީ ޕާކިސްތާނަށް އެއް ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައެވެ.
ޔޫއޭއީން ޕާކިސްތާނަށް އެއް ބިލިއަން ޑޮލަރު ލޯނު ދިނުމަށް ނިންމުމުގެ އިތުރުން މަރުކަޒީ ބޭންކުގެ ރިޒާވުގައި މިހާރު ހުރި ދެ ބިލިއަން ޑޮލަރުގެ ލޯނު ރޯލްއޮވަރ ކުރުމަށްވެސް ވަނީ އެއްބަސް ވެފައެވެ.