ވެމްކޯ އިން "ސީއެންއެމް" އަށް ބުނި ގޮތުގައި އެ މަސައްކަތް އެ ކޯޕަަރޭޝަނުގެ ފަރާތުން ކުރަމުންދަނީ އެ ރަށުގެ ކައުންސިލުގެ އެދުމުގެ މަތިންނެވެ.
މިއަދު ފެށި އެ މަސައްކަތުން މިހާތަނަށް 400 ޓަނަށްވުރެ ގިނަ ކުނި އެ ރަށުގެ ކުނި އަޅާ ސަރަހައްދުން ނެގިފައިވާ ކަމަށް ވެމްކޯ އިން މައުލޫމާތުދެއެވެ.
އެ ކޯޕަަރޭޝަނުން ބުނީ މިރޭގެ ވަގުތެއްގައި އެ ސަރަހައްދަށް ޖަމާކޮށްފައިވާ ހުރިހާ ކުންޏެއް ނެގޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުނީގެ މައްސަލަ އަކީ މަހިބަދޫ އަށް ދިމާވެފައިވާ ބޮޑު މައްސަލައަކަށްވީއިރު، ކުނި އަޅަމުންދާ ސަރަހައްދު ސާފުނުކުރެވި ހުރުމުގެ ސަބަބުން ދިމާވާ އާންމު ސިއްހަތާ ގުޅުންހުރި މައްސަލަތަކުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް އެ ރަށުގެ ރައްޔިތުންނަށް ވަނީ ޖެހިފައެވެ.