ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އަަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި:
އާމްދަނީގެ ބޮޑު ބައެއް ރިސޯޓުތަކުގެ ކުލިންނާއި ޖީއެސްޓީން
އަހަރުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް 8.3 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އަހަރު ފެށުނުއިރު އެ ފަންޑުގައި ހުރި އަދަދާ އެކު މިހާރު އެ ފަންޑުގައި ޖުމްލަ 6.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އެހެންނަމަވެސް، އެ ފަންޑުން ބޭނުންކުރެވޭ ގޮތަށް ހުރީ 1.8 ބިލިއަން ރުފިޔާއެވެ. ސަރުކާރުން ލަފާކުރަނީ މި އަަހަރުގެ ތެރޭގައި އެ ފަންޑަށް 871.4 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ސަރުކާރުގެ ފަރާތުން ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;