މިމައްސަލާގައި މީގެ ދުދުވަސް ކުރިން ށ ފޯކައިދޫ ސްކޫލުގެ ޓީޗަރެއްގެ އިތުރުން އެރަށު އެހެން މީހަކު ވެސް ހައްޔަރުކުރިއެވެ.
ފުލުހުން ބުނީ ޑްރަގް މައްސަލައެއްގައި ށ ފޯކައިދޫން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލެއް ނުދެއެވެ.
މިމައްސަލާގައި ދެ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި ފޯކައި ސްކޫލްގެ ޕްރައިމަރީ ޓީޗަރަކު ހައްޔަރުކޮށްފައިވާކަމަށް އެރަށުން ބުނެއެވެ. އަދި ހައްޔަރުކޮށްފައިވާ ފިރިހެން ޓީޗަރަކީ ސްކޫލްގައި 12 ވަރަކަށް އަހަރު މަސައްކަތް ކުރި ޓީޗަރެއް ކަމަށްވެސް އެރަށުން މައުލޫމަތުދިން ބައެއް މީހުން ވަނީ ބުނެފައެވެ.