ads
ށ. ފީވަށް
ވެއްޔާއި އަކިރި ނެގުމުން އީޕީއޭއިން ފީވަކު ކައުންސިލް ޖޫރިމަނާ ކޮށްފި
އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ށ. ފީވަކު ކައުންސިލް ޖޫރިމަނާ ކޮށްފި އެވެ.

އީޕީއޭއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އެ އެޖެންސީ އަށް ހުށަހަޅާފައި ވާކަމަށާއި، އެކަމާއި ގުޅިގެން އެޖެންސީއިން ބެލި ބެލުންތަކާއި އެއްކުރެވުނު މައުލޫމާތުތަކުން އެ ރަށު ގޮނޑުދޮށިން ވެއްޔާއި އަކިރި ނެގީ ކައުންސިލްގެ އިސްނެގުމުގެ މަތިންކަން އެނގޭ ކަމަށެވެ. 

"މި އެޖެންސީން ބެލި ބެލުންތަކާއި އެއްކުރެވުނު މަޢުލޫމާތުތަކުން، މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ށ. ފީވަކު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީކުރުމަށްޓަކައި ބޭނުންކޮށްފައިވާކަން ސާބިތުވޭ." ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެން ކަމުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ ދަށުން 83,525 ރުފިޔާ އިން ފީވަކު ކައުންސިލްގެ އިދާރާ ޖޫރިމަނާ ކުރެވިފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ. 

އަދި މި ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭ އީޕީއޭއަށް ދެއްކުމަށް މިމަހުގެ 12 ވަނަ ދުވަހު އެކައުންސިލަށް އަންގާފައި ވާކަމަށްވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ. 

މައުލުމާތު ލިބިފައިވާ ގޮތުގައި އެރަށު ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގީ، އެރަށު ފެނަކަ މުވައްޒަފުން ލައްވަ އެވެ. އެ މަންޒަރު ބަޔަކު ފޭސްބުކްގައި ލައިވް ކުރި އިރު އެ ސަރަހައްދުގައި އެރަށު ކައުންސިލްގެ ރައީސް ހަރަކާތްތެރިވަމުން ދިޔަ މަންޒަރުވަނީ ފެނިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް