މި ޖަލްސާ އޮތީ މިއަދު ހަވީރު، މާލޭގެ އިއްޒުއްދީން ސްކޫލުގަ އެވެ. މި ޖަލްސާގައި އެ އެސޯސިއޭޝަނުގެ 2018 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން އިއްވާ ފާސްކުރުން ވެސް މި ޖަލްސާގައި އޮތެވެ.
މިއަދު ބޭއްވި 2019 ވަނަ އަހަރުގެ ގާލް ގައިޑް އަހަރީ ޢާންމު ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގާލް ގައިޑް ލީޑަރުންނާއި އެގްޒެކެޓިވް ކޮމެޓީއަށް ވޮރަންޓް އަދި ގާލް ގައިޑް އެސޯސިއޭޝަންގެ ކޮމެޓީ މެންބަރުންނަށް ސެޓްފިކެޓާއި ކ. މާފުށީ ސްކޫލު ގައިޑް ލީޑަރުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.