ads
އިންޑިއާގެ މަގެއް އެގައުމުގެ ފުލުހުން ބަންދު ކޮށްފަ
ކައިވެނި ކުރެވުނީ ފިރިހެނަކާ ކަން އެނގުނީ ތިން މަސް ފަހުން!
ކައިވެނި ކޮށްގެން އުޅެމުން ދިޔައީ، އޮޕަރޭޝަން ކޮށްގެން ޖިންސު ބަދަލު ކޮށްގެން އުޅުނު ފިރިހެނަކާ ކަން ފަޅާ އެރުމުން ކައިވެނި ކޮށްގެން އުުޅުނު މީހާ މަރާލައިފި އެވެ.
Advertisement

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރީ އެގައުމުގެ އަޝްރާމް އަވަށުގައި ހުންނަ އެއިމްސް ހޮސްޕިޓަލުންނެވެ. 

އެ ހޮސްޕިޓަލާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، އެ ހޮސްޕިޓަލަށް ރޭގެ ވަގުތެއްގައި ގިނަ ޒަހަމް ތަކަކާއި އެކު އޮތް މީހެއް ގެނައި ކަމަށާއި، އޭނާ އަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވެފައި ވާކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައީ މަގުމައްޗަށް އެއްލާލާފައި އޮތްވާ އާއްމުންގެ ބަޔަކަށް ފެނިގެން ކަމަށްވެސް ހޮސްޕިޓަލާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

މި ހާދިސާ އާއި ގުޅިގެން އެއަވަށުގެ ފުލުހުން ވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފަ އެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ، އެ މީހާ އަކީ، އަންހެނެއް ކަމަށް ހެދިގެން އުޅުނު ފިރިހެނެއް ކަމަށާއި، އޮޕަރޭޝަން ކޮށްގެން ޖިންސު ބަދަލުކޮށްގެން އުޅުނު މީހެއް ކަމަށެވެ. 

އަދި އޭނާ އާއި ކައިވެނި ކޮށްގެން އުޅޭތާ ތިން މަސް ވެފައިވާ ކަމަށާއި، އެހެން ނަމަވެސް އެމީހާގެ އޮޕަރޭޝަންގެ މައުލޫމާތު ކައިވެނިކުރި އިރު ނޭނގޭ ކަމަށް އޭނާ ބުނި ކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

"ހައްޔަރު ކުރީ އޭނާ އާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު މީހާ. ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އެމީހާ ބުނީ، ކައިވެނި ކޮށްގެން އުޅެވުނީ ފިރިހެނަކާ ކަން އޭނާއަށް އެނގުނީ އޮޕަރޭޝަންގެ ލިޔެކިޔުންތައް ފެނުމުން ކަމަށާއި، އެ ކަމާއި ގުޅިގެން ހިނގި ޒުވާބުތަކަށް ފަހު އެ ފިރިހެން މީހާ އަށް ވަޅިން ހަމަލާދީ މަރާލީ ކަމަށް." އެގައުމުގެ ނޫސްތަކަށް މައުލޫމާތު ދެމުން ފުލުހުން ބުންޏެވެ.

މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އެ ފިރިހެން މީހާގެ އެކުވެރިއެއްވެސް ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ހަށިގަނޑު އެއްލާލުމުގައި އެހީތެރިވެދިނުމުން ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ޖިންސު ބަދަލުކުރާ އޮޕަރޭޝަން ކޮށްގެން އަންހެނުން ފިރިހެނުންނަށް ވުމާއި، ފިރިހެނުން އަންހެނުންނަށް ވުމަކީ، އިންޑިއާގައި ފަހަކަށް އައިސް ވަރަށް ގިނައިން ކުރަމުން އަންނަ ކަމެކެވެ. މިކަމާއި ގުޅުގެން އެގައުމުގެ ގިނަ ރައްޔިތުންނެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

61%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް