ads
ތިން މަޝްރޫއެއް އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
148 މިލިއަނަށް ފެރިދޫ، ނައިވާދޫ އަދި ހޮޅުދޫގެ މަޝްރޫއުތައް އެމްޓީސީސީ އަށް
148 މިލިއަން ރުފިޔާ އަށް ދެ ރަށެއްގެ ބަނދަރު ތަރައްގީ ކުރުމާއި އެއް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
Advertisement

މި ތިން މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

އއ. ފެރިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • ބަނދަރު ފުންކުރުން - 7،848 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3- މީޓަރު ހަމަވާ ވަަރަށް)
  • އާ ބަނދަރު ފުންކުރުން - 23،579 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަަރަށް)
  • ނެރު ފުން ކުރުން - 4،268 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4- މީޓަރު ހަމަވާ ވަަރަށް)
  • 147 މީޓަރު ބްރޭކްވޯޓަ ޖެހުން
  • ސޭންޑްފިލް ބްރޭކްވޯޓަ ޖެހުން (142 މީޓަރު ބޭރު ރިވެޓްމެންޓާއި 131 މީޓަރު އެތެރެ ރިވެޓްމެންޓް)
  • 10 މީޓަރު ސަބްމާޖް ބްރޭކްވޯޓަ ޖެހުން
  • 90 މީޓަރު ރިވެޓްމެންޓް ޖެހުން
  • 213 މީޓަރު އެއްގަމު ތޮށި ޖެހުން
  • 213 މީޓަރު ސްކޯރިންގް އެޕްރޮން ޖެހުން
  • 51 މޫރިންގް ރިންގް ހަރުކުރުން
  • 10 މޫރިންގް ބޮއި ހަރުކުރުން
  • 90 އަކަ މީޓަރު ރޭމްޕެއް ހެދުން
  • އެކްސެސް ޕްލެޓްފޯމް އެޅުން
  • 12x2 މީޓަރު ކޮންކްރީޓް ބްރިޖެއް ހެދުން
  • 2x80 މީޓަރު ކޮންކްރީޓް ޖެޓީއެއް ހެދުން
  • 02 ނެވިގޭޝަން ލައިޓް ހަރުކުރުން
  • 29 މަގު ބައްތި ހަރުކުރުން
  • 2،481 އަކަ މީޓަރު ޕޭވްމަންޓް ހެދުން

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 50.80 މިލިއަން ރުފިޔާ އަށް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

ހދ. ނައިވާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • ބަނދަރު ފުންކުރުން - 15،319.91 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3- މީޓަރު ހަމަވާ ވަަރަށް)
  • އާ ބަނދަރު ފުންކުރުން - 41،618.07 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަަރަށް)
  • ނެރު ފުން ކުރުން - 15،319.91 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4- މީޓަރު ހަމަވާ ވަަރަށް)
  • 290 މީޓަރު ބްރޭކްވޯޓަ ޖެހުން
  • 10 މީޓަރު ސަބްމާޖް ބްރޭކްވޯޓަ ޖެހުން
  • 25 މީޓަރު ގްރޮއިން ޖެހުން
  • 73.3 މީޓަރު ރިވެޓްމެންޓް ޖެހުން
  • 231 މީޓަރު އެއްގަމު ތޮށި ޖެހުން
  • 231 މީޓަރު ސްކޯރިންގް އެޕްރޮން ޖެހުން
  • 62 މޫރިންގް ރިންގް ހަރުކުރުން
  • 10 މޫރިންގް ބޮއި ހަރުކުރުން
  • 90 އަކަ މީޓަރު ރޭމްޕެއް ހެދުން
  • އެކްސެސް ޕްލެޓްފޯމް އެޅުން
  • 2x95 މީޓަރު ކޮންކްރީޓް ޖެޓީއެއް ހެދުން
  • 02 ނެވިގޭޝަން ލައިޓް ހަރުކުރުން
  • 18 މަގު ބައްތި ހަރުކުރުން
  • 2،087.85 އަކަ މީޓަރު ޕޭވްމަންޓް ހެދުން

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 51.32 މިލިއަން ރުފިޔާ އަށް 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 570 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓަ ޖެހުން
  • 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
  • އޮޑި އެހެލާ ސަރަހައްދުގައި އެއްގަމު ތޮށި ޖެހުން
  • 14 މީޓަރު ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުން

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 46.75 މިލިއަން ރުފިޔާ އަށް 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް