މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ރާއްޖެއާއި ކެމްބޯޑިއާގެ މެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތައް:
ރާއްޖެއާ ކެމްބޯޑިއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް ސޯލިހު އާއި، ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ. މި ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ، ދެގައުމެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިއްމު ބަޔަކީ، އެ ދެގައުމެއްގެ ރައްޔިތުންގެ މެދުގައި ބަދަހިވެފައި އޮންނަ ގުޅުންކަމަށެވެ. އަދި ވިސާ ނެގުމަކާއި ނުލައި 30 ދުވަހަށް ދެގައުމުގެ ރައްޔިތުން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމާއި މެދު އުފާކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި، ދެގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ކެމްބޯޑިއާގެ ހަނޑުލާއި ދަނޑުވެރިކަމުގެ ދާއިރާގެ އެހެނިހެން ބާޒާރުތަކުން ދިވެހި އިމްޕޯޓަރުންނަށް ފުރުސަތު އޮތްކަން ފާހަގަކުރެއްވި އެވެ.
ރާއްޖެއާ ކެމްބޯޑިއާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކެމްބޯޑިއާގެ ބޮޑުވަޒީރު ދެއްވި ބަޔާނުގައި ވަނީ ކެމްބޯޑިއާގެ ދިފާއީ ބާރުތަކަށް ރާއްޖޭގައި ހިންގާ ޑައިވް ޓްރެއިނިން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައިސް އަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކެމްބޯޑިއާގެ މަތީ ތައުލީމު ދޭ ތަންތަނުގައި ދިވެހި ދަރިވަރުންނަށް ކިޔެވުމަށް 10 ސްކޮލަޝިޕް ފުރުސަތެއް ދިނުމަށް ކެމްބޯޑިއާ ސަރުކާރުން ނިންމާފައިވާކަން ވެސް ބޮޑުވަޒީރު އިއުލާނު ކުރެއްވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;