ads
ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ކުރިޔަށް ދިޔަ ރަސްމީ މަޝްވަރާ ބައްދަލުވުން - ފޮޓޯ:ރައީސް އޮފީސް
ކެމްބޯޑިއާ އިން ހަނޑޫ، މިރުސް، ޒުވާރި އަދި ދަނޑިއަލުވި އެތެރެކުރަން މަޝްވަރާކޮށްފި
ކެމްބޯޑިއާ އިން ރާއްްޖެ އަށް ކާބޯތަކެތި އެތެރެކޮށްދިނުމުގައި އެހީތެރިކަމަށް އެ ގައުމުގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންގެ އަރިހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ ހާއްސަ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ވަޑައިގަންނަވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނެވެ. ދެ ގައުމުގެ ލީޑަރުންގެ ބައްދަލުކުރެއްވުމަށްފަހު، ރައީސް ސޯލިހް ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ކެމްބޯޑިއާ އާއި ރާއްޖެ އާ ދެމެދު މަޝްވަރާ ކުރެއްވި ކަންކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ:

  • ކެމްބޯޑިއާގެ ހަނޑޫ އެތެރެކުރުން
  • ޒުވާރި، ދަނޑިއަލުވި، މިރުސް، ކެޝޫނަޓްގެ އިތުރުން މޭވާގެ ބާވަތްތައް އެތެރެކުރުން
  • ކާބޯތަކެތީގެ އިތުރުން ފޭރާމުގެ ބާވަތްތަކާއި ދަތުރުފަތުރާ ގުޅުންހުރި މުދަލާއި ލަކުޑީގެ ބާވަތްތައް އެތެރެކުރުން

your imageކެމްބޯޑިއާގެ ބޮޑުވަޒީރާ އެކު، ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ތައްޔާރުކުރާ ދަޅުމަހާއި ކަނޑުމަހުގެ އުފެއްދުންތައް ކެމްބޯޑިއާ އަށް އެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"ތަފާތު ބާވަތްތަކަށް އަޅުގަނޑުމެންގެ އިމްޕޯޓް ސިންދަފާތު ކުރުމުން ލިބޭނެ ހަމައެކަނި ފައިދާއަކީ ރާއްޖޭގައި ވިއްކާ އަސާސީ ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިއުމެއް ނޫން. އޭގެ އިތުރުން އަޅުގަނޑުމެންގެ ކާނާގެ ރައްކާތެރިކަން އިތުރުވެ، ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ވެސް އިތުރު އިހުތިޔާރުތައް ލިބިގެންދާނެ،" ރައީސް

your imageރައީސް ސޯލިހާ އެކު، ކެމްބޯޑިއާގެ ބޮޑުވަޒީރު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާ ގައި ރާއްޖެ އާއި ކެމްބޯޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބިޒްނަސް ފޯރަމެއް ވެސް ވަނީ ބާއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް