ދެ ގައުމުން އެކަން އިއުލާނުކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ދައުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުންތަކަށް ފަހު، ދެ ގައުމުގެ ލީޑަރުން ދެއްވި ގުޅިފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ތަމްރީނާއި މަތީ ތައުލީމުގެ ފުރުސަތުތަކުގެ މައުލޫމާތު ދެ ބޭފުޅުން ވެސް ވަނީ ހިއްސާކުރައްވާފައެވެ.
ރައީސް ސޯލިހާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވަނީ - ފޮޓޯ:ރައީސް އޮފީސް
ރާއްޖޭން ކެމްބޯޑިއާ އަށް ހުޅުވާލި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަަތުތަކުގެ ތެރޭގައި:
ކެމްބޯޑިއާ އިން ރާއްޖެ އަށް ހުޅުވާލީ މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު:
ރާއްޖެ އާއި ކެމްބޯޑިއާގެ ލީޑަރުން ގުޅިފައިވާ ބަޔާން ދެއްވަނީ - ފޮޓޯ:ރައީސް އޮފީސް
ކެމްބޯޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ތައުލީމާއި ތަމްރީނުގެ ދާއިރާ އިން ހުޅުވާލި ފުރުސަތުތަކާ އެކު، ދެ ގައުމުގެ ސިޔާސީ އަދި ސަގާފީ ގުޅުންތައް ވަރުގަދަވެގެން ދާނެ ކަމަށެވެ. ރާއްޖެ އިން އަދާކުރި މެހެމާންދާރީ އަށް ޝުކުރު އަދާކުރައްވަމުން ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރާއްޖެ އާ އެކު ކުރެވުނު މަޝްވަރާތަކުގައި ރާއްޖެ އިން އެދިފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެ އާއި ކެމްބޯޑިއާގެ ގުޅުން ހަރުދަނާ ކުރުމަށް ތަފާތު ދާއިރާތަކުން ދެ ގައުމުގެ ދެމެދު ގައި ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން، ކެމްބޯޑިއާ އިން ހަނޑުލާއި ކާބޯތަކެއްޗާއި އެހެނިހެން މުދާ ރާއްޖެ އަށް އިމްޕޯޓުކުރުމާ އެކު، ރާއްޖޭގެ މަހުގެ ބާވަތްތައް ކެމްބޯޑިއާ އަށް އެކްސްޕޯޓު ކުރުމުގެ މަޝްވަރާތައް ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ކޮށްފައެވެ.