ads
ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް---ފޮޓޯ: މިހާރު
ފުލުހުންގެ މަސައްކަތްތަކަށް ބަދަލު ގެނެވެނީ ދިރާސާކޮށްގެން: އިމްރާން
ފުލުހުންގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ ދިރާސާތައް ކޮށްގެން ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓްރު އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައި ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ މަސައްކަތްތަކަށް ބަދަލުތައް ގެނެވޭނީ އެކަމާއި ގުޅިގެން މަޝްވަރާތައް ކުރެވިގެން ކަމަށާއި، ފުލުހުންގެ މަސައްކަތްތައް ކުރިއަރާނީ، ކަމާއި ގުޅުންހުރި ޓްރެއިނިން ތަކާއި ވޯކްޝޮޕްތައް ބޭއްވިގެން ކަމަށެވެ. 

އަދި މިދިޔަ އަހަރުން ފެށިގެން ޕޮލިސް ބޯޑުން ދިޔައީ، ރައްޔިތުންނާއި ގުޅިގެން ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރެވޭނެ މަސައްކަތްތައް ބަލަމުން ކަމަށްވެސް އިމްރާންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި މި އިނޮވޭޝަން ކޮންފަރެންސް ބޭއްވުމަކީ، އޭގެތެރެއިން ކުރެވުނު ކަމެއް ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތަކީ ވަރަށް ބޮޑަށް ދިރާސާކޮށް ކުރިއަށް ގެންދަންޖެހޭ މަސައްކަތްތަކެއް ކަމަށާއި، ފުލުހުން ހިންގާ ހަރަކާތެއް އެންމެ ރަނގަޅަށް އެ ހަރަކާތަކުން ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނީ ކޮން ގޮތަކަށް އެ ހަރަކާތެއް ހިންގައިގެންތޯ ބަލަން ޖެހޭ ކަމަށެވެ.  

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ބޯޑުގެ ޗެއާ އަހްމަދު ފަސީހު ވިދާޅުވީ، ރަނގަޅު ނަތީޖާއެއް ނެރެން ބޭނުންވާނަމަ، ސަލާމަތީ ކަންކަމާއި ގުޅުންހުރި ބޭފުޅުންނާއި، އިލްމީ ބޭފުޅުން އެއްމޭޒެއްގެ ދޮށުގައިތިބެގެން މަޝްވަރާތައް ކުރަން ޖެހޭ ކަމަށާއި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެކު ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ ނިންމާ ނިންމުންތައް ފުރިހަމަވެގެން ދާނެ ކަމަށެވެ. 

މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްއަށް ގިނަ ދާއިރާތަކަކުން ކަރުދާސް ހުށަހެޅުމަށް ނިންމާފައި ވާއިރު، އެ ދާއިރާތަކުގެ ތެރޭ، ރޯޑް ސޭފްޓީ، ފޮރެންސިކް، ލީޑާޝިޕް، ސައިބާ ކްރައިމް، ކްރައިމް ޕްރިވެންޝަން އަދި އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ އާއި ގުޅުންހުރި ކަރުދާސްތައް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް