ads
ރައީސް މުހައްމަދު ނަޝީދު އުއްޗުއާއި އެކު
ޕްރައިމަރީ ބޯމަތިވެފައި ވަނިކޮށް ރައީސް ނަޝީދު އުއްޗު އާ ބައްދަލު ކުރައްވައިފި
މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލު ކުރައްވައިފި އެވެ.
Advertisement

ދައުރުވަމުންދާ ފޮޓޯ ތަކުން ފެންނަ ގޮތުގައި، އުއްޗު އާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައި ވަނީ  ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގަ އެވެ. އަދި ރައީސް ނަޝީދު އެ ރިސޯޓަށް ފައިބާވަޑައިގަތުމުން ކަރުގައި މާފަތި އަޅުވާ ރައީސް ނަޝީދު އަށް މަރުހަބާ ދެންނެވުމަށް އުއްޗު އާއި ރިސޯޓުގެ ބައެއް މުވައްޒަފުން ތިބެ އެވެ. 

މީގެ އިތުރުން ދެބޭފުޅުން އެކުގައި ހަވީރުގެ ސައިފޮދަށް އިންސާފު ކުރައްވަމުން ގެންދަވާ މަންޒަރު ވެސް ފޮޓޯތަކުން ފެނެ އެވެ. 

މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު އަދި މިހާތަނަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ހިއްސާ ކޮށްފައި ނުވާއިރު، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ، ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމެރީ އާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ދެ ބޭޭފުޅުން ބޭއްވެވި ބައްދަލުވުމެކެވެ. 

your imageރައީސް މުހައްމަދު ނަޝީދު އުއްޗުއާއި އެކު 

އުއްޗުއަކީ ރާއްޖޭގެ އެންމެ ބޮޑު މަހުޖަނުންގެ ތެރެއިން ހިމެނޭ ބޭފުޅަކަށް ވާއިރު، ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް އުއްޗުއާއި ސިޔާސީ އެކި ލީޑަރުން މަޝްވަރާ ކުރައްވާކަން ފާހަގަ ކޮށްލެވެ އެވެ. އަދި އުއްޗުގެ ފަރާތުން ކެމްޕެއިން ތަކަށް ބޮޑެތި ހަރަދުތަކެއް ކުރާކަމުގެ އަޑުތައް ފެތުރިފައި ވީނަމަވެސް އެކަން ރަސްމީކޮށް އެއްވެސް ފަހަރަކު އާއްމުކޮށްފައި ނުވެ އެވެ. 

ރައީސް ނަޝީދު އުއްޗު އާ އެކު ބޭއްވެވި ބައްދަލުވުމުގެ ފޮޓޯތައް އާއްމުވެފައި ވާއިރު، ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމެރީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ވާދަކުރައްވާ ނާކާމިޔާބީ އާއި ކުރިމަތިވެއްޖެނަމަ ގޭގައި މަޑުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވީޑިއޯއެއް ވަނީ ލީކުވެފަ އެވެ. 

your imageރައީސް މުހައްމަދު ނަޝީދު އުއްޗުއާއި އެކު 

އެ ވީޑިއޯގައި ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހު އަށްވުރެ ރައީސް އަބްދުﷲ ޔާމީން ގެ ތައުލީމީ ފެންވަރު މަތި ކަމަށާއި، ތަންދޮރުއޮޅުންފިލާވަޑައިގެން ހުންނެވިކަމަށް ވިދާޅުވެފަ އެވެ. 

މިކަމާ ގުޅިގެން އެމްޑީޕީގެ ގިނަ ބަޔަކު ރައިސް ނަޝީދަށް ނުރުހުމުގެ ބަސްތައް އަމާޒުކުރަމުން އަންނަ އިރު އެފަރާތްތަކުން ބުނާ ގޮތުގައި ރައީސް ނަޝީދު މިކަންކަން ކުރައްވަމުން ގެންދަވަނީ، އަމިއްލަ މަންފާއެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޕާޓީގެ ޓިކެޓު ލިބޭ ބޭފުޅެއްގެ ފަހަތަށް އެރުމުގެ ބަދަލުގައި ގޭގައި ހުންނަވާނެކަމަށް ވިދާޅުވުމަކީ، އަމިއްލަ ޕާޓީ އަށް ހެޔޮއެދޭ ބޭފުޅެއްގެ ކިބައިން ފެންނާނެ މަންޒަރެއް ނޫން ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އެމްޑީޕީގެ ޕްރައިމެރީގެ ވަގުތު ކުޑަތަން ވަމުން އަންނަ އިރު، އެމްޑީޕީގެ ގިނަ މެމްބަރުންނާއި ސަރުކާރުގެ ގިނަ ފަރާތްތަކުން އަންނަނީ ރައީސް ސޯލިހު އަށް އެބޭފުޅުން ތާއީދު ކުރާ ކަމަށް ބުނަމުންނެވެ. ސަބަބެއްގެ ގޮތުގައި އެފަރާތްތަކުން ބުނަނީ، ރައީސް ސޯލިހުގެ ވެރިކަމުގައި ގައުމުގައި ހަމަޖެހުން ގާއިމް ކޮށްދީ، ދުނިޔެއަށް ދިމާވި ކޮވިޑް 19 ގެ ކާރިސާގެ ސަބަބުން ދިމާވި އިގްތިސާދީ ހީނަރުކަމާއި އެކުވެސް ރާއްޖެ ތަރައްގީކޮށް ރާއްޖެއަށް ފާގަތި ދުވަސްތަކެއް ހޯއްދަވައި ދެއްވަވާފައި ވާތީ ކަމަށެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް