ads
ސުނިލްޝެޓީ އަދި އޭނާގެ ފާމް ހައުސް
ސުނިލްޝެޓީގެ ގަނޑުވަރެއް ފަދަ ފާމް ހައުސް ފެނި އަންތަރީސްވެއްޖެ!
ބޮލީވުޑްގެ ޒަމާންވީ މަޝްހޫރު ތަރި ސުނިލްޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ކައިވެނީގެ ހަފްލާ ބޭއްވުމަށް ނިންމާފައިވާ ސުލްނިލްޝެޓީގެ ހަންދާލާ ފާމް ހައުސްގެ ބައެއް މަންޒަރުތައް ޝޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެތަންތަނުގެ ރީތިކަމާ ޝާހީކަން ފެނި އެތައް ބަޔަކު އަންތަރީސް ވެއްޖެއެވެ.
Advertisement

ރިޕޯޓްތައް ބުނާގޮތުން ކޭއެލް ރާހުލް އާއި އާތިޔާ ޝެޓީ ކައިވެނި ކުރަން ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި މި ބިޔަ ކައިވެނީގެ ހަފްލާ ކުރިއަށްދާނީ އާތިޔާ ޝެޓީގެ ބައްޕަ އަދި ބޮލީވުޑްގެ އެކްޓަރު ސުނިއެލް ޝެރީގެ ހަންޑަލާ ފާމް ހައުސްގައެވެ. ސުނިލްޝެޓީގެ ބޮޑު ގަނޑުވަރެއް ފަދަ ފާމް ހައުސްގެ ފޮޓޯތައް އިންޓަނެޓުގައި އަންނަނީ ވައިރަލް ވަމުންނެވެ. 

your imageކޭއެލް ރާހުލް (ވ) އާއި އާތިޔާ ޝެޓީ (ކ)

އަތިޔާ ޝެޓީ ވެގެންދާނީ ބައްޕަ ސުނިއެލް ޝެޓީގެ 17 އަހަރު ވަންދެން ގެންގުޅު ފާމްހައުސްގައި ކައިވެނިކުރާ ފުރަތަމަ މީހާއަށެވެ. އެ ފާމް ހައުސްގެ އެންމެ މުހިންމު ތަނަކީ ބޮޑު ސުވިމިން ޕޫލެވެ. 

your imageފާމް ހައުސް އަދި ޕޫލް

ބަންގަލޯގެ ބޭރު އަދި އެތެރޭގެ ޗާލުކަން އިތުރުވަނީ ކުރާހާފައިވާ ކުރެހުންތަކާ ފަރުމާކުރުންތަކުގެ ސަބަބުންނެވެ.  މުޅިގެއަކީ ވެސް ސުނިލްޝެޓީގެ އާއިލާގެ ޝަހުޝިއްޔަތު ތަމްސީލުކުރާ ގެއެކެވެ. 

your imageގޭތެރޭގައި ސުނިލްޝެޓީ

ކައިވެނީގެ ކުރިން ގެއަށް ބަދަލުތަކެއް ގެނެސް ހަފްލާއަށް މުޅިގެ ބަދަލުކޮށްލުމަކީ ވެސް އެކަށީގެންވާކަމެކެވެ. ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި އިންޑިއާގެ މަޝްހޫރު އެތައްބަޔަކަށް މި ކައިވެންޏަށް ސުނިލްޝެޓީ ވަނީ ދައުވަތު ދީފައެވެ. 

your imageސުނިލްޝެޓީގެ ފާމް ހައުސްގެ ބައެއް މަންޒަރުތައް

މުޅި ގެއަކީވެސް ވަރަޑް ބޮޑުގެއެކެވެ. ގޭތެރޭގައިވެސް އެހާ ޖާގަ އޮންނައިރު މުޅި ގޭގައި 8 ކޮޓަރި ހުރެއެވެ. ސުނިލްޝެޓީގެ ދައުަތައް އަންނަ ބައެއް މެހެމާނުން އެ ކޮޓަރިތަކުގައި ބަހައްޓައެވެ. 

your imageގޭތެރޭގަ ސުނިލްޝެޓީ

ސުނިލްޝެޓީގެ އަންހެން ދަރިފުޅު ކައިވެނި ކުރަން ތައްޔާރުވަނުން އަންނައިރު އާއިލާގެ ފަރާތުން އަދި ހަފްލާއާއި ގުޅޭގޮތުން އެއްވސް މައުލޫމާތެއް ނުދެއެވެ. ނަމަވެސް ސަޕޯޓަރުން ތިބީ ކައިވެނީގެ ހަފްލާގެ އަޕްޓޭޓްތައް ބެލުމަށް ކެތްމަދުވެފައެވެ. 

your imageސުނިލްޝެޓީ (ވ)

ސުނިލް ޝެޓީގެ މިގެއަކީ އިއާދަކުރަނިވި ހަތައިންވެސް ހިންގިދާނެގެއެކެވެ. އެގޮތުން މުޅި ގޭގައި ސޯލާ ހަރުކޮށްފައިވާއިރު، ވިންޑްމިލް އެއްވެސް އެ ގޭގައި ހުރެއެވެ. 

67%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް