ads
އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް
ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް ހިންގަނީ
ހއ ބާރަށުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފުޓްބޯޅަ އެކަޑެމީއެއް ހިންގުމަށް ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

މިއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަގުސަދުގައި، ހިންގާ އެކަޑަމީއެކެވެ.

އެގޮތުން އެކުލަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތުގެ އެންމެ ފުރަތަމަ ފަށާ ރަށްތަކުގެ ތެރޭގައި ހއ ބާރަށް ހިމެނިފައިވާ ކަމަށެވެ. ބާރަށުގައި ނިއުގެ ފުޓްބޯޅަ އެކަޑެމީ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރިޗު މަހުގެ ތެރޭގައެވެ.

"ނިއުރޭޑިއަންޓް އެކަޑަމީ" ގައި ބައިވެރިވެވޭނެ އުމުރު ފުރާތަކަކީ 7 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި އެކަޑެމީއަށް ކުދިން ވަންނަ ނިސްބަތަށް ބަލާ، 100 ކުދިންނަށްވުރެ އިތުރުވާ ރަށްރަށުގައި، ދާއިމީ ގޮތެއްގައި ތަމްރީން ދިނުމަށް، ވަރަށް ރަނގަޅު ފެންވަރެއްގެ ރާއްޖެއިން ބޭރުގެ ކޯޗެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގައި މައުލޫމާތު ލިބެއެވެ.

މި އެކަޑެމީގައި ބައިވެރިވާ ކުދިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ މަހަކު -/300 ރުފިޔާއެވެ. އެޕްލިކޭޝަން ފޯމާއެކު، އަލަށް ވަންނަ ކޮންމެ ކުއްޖެއްގެ އަތުން އެކަޑެމީ ކިޓް ފީގެ ގޮތުގައި، -/300 ރުފިޔާ ނެގުމަށް ކަނޑައެޅިފައިވެއެވެ. އެކަޑެމީ ހިންގަން ފެށުމުގެ ކުރިން އެކަޑެމީއަށް ބޭނުންވާ ހުރިހާ ސާމާނެއް އެކަޑެމީގެ ފަރާތުން ފޯރުކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން، ބާރަށުން 5 ފަރާތަކަށް، "ޑީ" ލައިސަންސް ކޯޗިންގެ ސެޓްފިކެޓް ތަމްރީން ކޯސްތައް ފުރިހަމަ ކުރުމުގެ ފުރުޞަތު އެކަޑެމީ ފެށުމުގެ ކުރިން ލިބިގެންދާނެ ކަމަށާއި، ކޯސް ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން ބާރަށު ކައުންސިލުން ކަނޑައަޅާ އެންމެ ރަނގަޅު ދެ ކޯޗުންނާއި އެކު އެގުރިމެންޓް ކުރެވި، ކުލަބްގެ އެކަޑެމީ ކޯޗުންގެ ގޮތުގައި ހަމަޖެއްސޭނެ ކަމުގައި ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މިމަހުގެ 31 ގެ ނިޔަލަށް މި އެކަޑެމީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރަޖިސްޓްރީވާން އެދޭ އެޕްލިކޭޝަން ފޯމް ބާރަށު ކައުންސިލް އިދާރާއިން ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެ ކަމުގައި ކައުންސިލުން ވިދާޅުވިއެވެ. ނިއުރޭޑިއަންޓް އެކަޑެމީއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3327956 ނަންބަރާ ގުޅުއްވުމަށް ވަނީ އެދިލައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް