ads
20 ފެބްރުއަރީ، 2021: އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ވަނި ސޮއިކޮށްފައި.- ފޮޓޯ: އަލީ ނަސީރު / ޕީއެސްއެމްނިއުސް
އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވަނީ
އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް.ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ފޮރިން މިިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޖައިޝަންކަރު ރާއްޖެ އަށް ވަޑައިގަންނަވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ދެދުވަހުގެ ރަސްމީ ދަތުުރުފުޅެއްގަ އެވެ. އެއީ މިއަދު އަދި މާދަމާގެ ނިޔަލަށެވެ. ޖައިޝަންކަރު ރާއްޖެވަޑައިތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު 11 އާއި 12 އާއި ދެމެދުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި، މިރޭ އޮންނަ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިޔާތުގައި ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ އެެވެ. މި ރަސްމިޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު މިވަގުތު ހުންނެވީ ހދ. އަތޮޅުގެ ހަތަރު ރަށަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި ކުރައްވަމުންދާ ދަތުރުފުޅެއްގަ އެވެ. 

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ނިންމާފައިވާއިރު، މިނިސްޓަރު ޝާހިދު އާއިއެކުވެސް މަޝްވަރާތަކެއް ކުރިއަށް ގެންދާނެ އެވެ. މި ބައްދަލުވުމުގައި އިންޑިއާ އަދި ރާއްޖެ އާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ޖައިޝަންކަރު ރާއްޖެއަށް އެންމެ ފަހުން ދަތުރުފުޅެއް ކުރައްވާފައިވަނީ، 2022 ވަނަ އަހަރުގެ މާޗު މަސްތެރޭ އައްޑޫ ސިޓީއަށެވެ. މިއަދު މިކުރައްވާ ދަތުރުފުޅަކީ، 2019 ވަނަ އަހަރު މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންފަހުން ރާއްޖެ އަށް ކުރައްވާ މިފަދަ ހަތަރުވަނަ ދަތުރުފުޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް