ads
މިއަދު ހދ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރިނބީގައި——
ދައުރު ނިމުމުގެ ކުރިން %90 ޕްރޮޖެކްޓްތައް ނިންމާނަން: ރައީސް
ދައުރު ނިންމަވާނީ ފަށާފައިވާ މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި ނިންމަވާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދައުރު ނިންމަވާނީ ފަށާފައިވާ މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި ނިންމަވާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރާއްޖޭގެ އެންމެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ކުރިނބީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކަށް އިސްކަމެއް ދީގެން ތަރައްގީގެ މަޝްރޫއުތައް ހިންގުން ކަމަށެވެ.

"ވަކި ރައްޔިތަކު ބާކީ ނުކޮށް އެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ އެއް ތަސައްވުރު. ކުދި ރަށްތައް ބާކީ ނުކޮށް ބޮޑެތި ރަށްތަކަށް ވެސް ހިދުމަތް ފޯރުކޮށްދެމުން މި ދަނީ. އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ނިމި ހިދުމަތް ލިބޭ ވަރު ވާތަން އެބަ ފެނޭ،"

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން އިންތިހާއަށް ގަދަވެފައިވާއިރު، އުތުރުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅު ރައީސް ނިންމަވާލާނީ މާދަމާ އެވެ. ރައީސްވަނީ މިދިޔަ ހަފްތާގައި ކެމްޕެއިނަށް އައްޑޫ ސިޓީއަށްވެސް ވަޑައިގެންފައެވެ.

މި މަހުގެ ފަހު ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނައިރު، ރައީސް ނަޝީދު މިވަގުތު އުޅުއްވަނީ ކެމްޕެއިނުގައި ޅ. އަތޮޅުގައެވެ. ޅ. އަތޮޅުގައި ކުރައްވަމުން ގެންދަވާ ކެމްޕެއިނުގެ ތެރެއިން ނަޝީދުވަނީ އިއްޔެ ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ- އުއްޗުއާ ބައްދަލުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް