ads
ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ
ނިއުޒީލެންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމަވައިފި
ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ މަގާމުން، އިސްތިއުފާ ދެއްވުމަށް ޖަސިންޑާ އާޑަން ނިންމަވައިފިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޖަސިންޑާ ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބޮދުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަމަށާއި އަންނަ އާއްމު އިންތިހާބުގައި ވާދަވެސް ނުކުރައްވާނެ ކަމަށެވެ.

މަގާމަށް ވަޑައިގެންނެވިތާ ކުރީކޮޅު ކޮވިޑްގެ ބަލިމަޑުކަމުގައި އެޅުއްވި ހަރުކަށި ފިޔަވަޅުތަކާއި ދެ މިސްކިތަކަށް ހަމަލާދީ 51 މީހުން މަރާލި، މައްސަލާގައި ޖަސިންޑާއަށް ޕްރެޝަރުތައް ކުރިމަތިވިއެވެ.

ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެ މިސްކިތަކަށް 2019 ވަނަ އަހަރު ދިން ހަމަލާގައި 51 މީހުން މަރިވިއިރު އެހާދިސާއާއި ގުޅިގެން ޖަސިންޑާ އަމަލުކުރި ގޮތުގެ ސަބަބުން އޭނާއަށް އެދުވަސްވަރު، ހާއްސަކޮށް މުސްލިމުންގެ ސަޕޯޓް އިތުރުވެގެން ދިޔައެވެ.

އެހާދިސާއަށް ފަހު ޖަސިންޑާ ވަނީ އެއީ ޓެރަރިސްޓް ހަމަލާއެއްކަމަށް ވިދާޅުވެ ބުރުގާއެއް ތުރުކުރައްވާ މުސްލިމުންނާއިއެކު ހުންނެވިކަން ހާމަކުރައްވަފައެވެ.

ނަމަވެސް ދާދިފަހުން އެގައުމުގެ އިދިކޮޅު ލީޑަރު ޑޭވިޑް ސިމޯރަންއަށް ނިސްބަތްކޮށް ޖަސިންޑާ ދެއްކި އިހްތިރާން ކުޑަކުރުމުގެ ބައެއް ވާހަކަތަކުގެ ސަބަބުންވެސް، އޭނާއާއި ލޭބަޕާޓީއަށް ޕްރެޝަރުތަކެއް ކުރިމަތިވިއެވެ.

ފެބުރުއަރީ ހަތް ވަނަ ދުވަހު، ޖަސިންޑާ މަގާމުން އިސްތިއުފާ ދެއްވާއިރު، އޭނާގެ ލޭބަޕާޓީގެ މަގުބޫލުކަންވެސް ނިއުޒިލޭންޑްގައިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. 

އުމުރުފުޅުން 42 އަހަރުގެ ޖަސިންޑާ ކޯލިޝަން ސަރުކާރެއް އުކުލަވާލައްވާ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވީ 2917 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް