އެމްޑީޕީގެ ދެ ފެކްޝަނުގެ ތެރެއިން މޫސާ ސިރާޖް މިހާތަނަށް ފާހަގަވެފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ މެމްބަރެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހްއާއި ވާދަކުރައްވަނީ ރައީސް ނަޝީދެވެ. ދެ ބޭފުޅުންގެ ކެމްޕެއިން ފޯރި މިހާރުވަނީ ވަރަށް ގަދަވެފައެވެ.
ސިރާޖް ރައީސް ސޯލިހްއަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވިޓެއްގައެވެ.
ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސޯލިހްއާއި ރައީސް ނަޝީދު މިވަގުތުވެސް ތިއްބެވީ އަތޮޅުތެރޭގައެވެ.