ތަކަންދޫ ކައުންސިލްގެ އެއް އަންހެން މެންބަރުކަމަށްވާ ޒާހިޔާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުން، މިއަދު އޮތް ބައި އިލެކްޝަންގައި ވާދަކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝައުފާ އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ފަހީމާ މުހައްމަދެވެ.
މި ގޮނޑި އެމްޑީޕީގެ މެންބަރު ކާމިޔާބު ކުރެއްވިއިރު، އިސްތިއުފާ ދެއްވީވެސް އެމްޑީޕީގެ މެންބަރެކެވެ.
ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރުގެ ބައި އިލެކްޝަންގައި ފަހީމާއަށް ލިބުނީ 203 ވޯޓެވެ. ޝައުފާ ވަނީ 237 ވޯޓް ހޯދާފައެވެ. މި އިންތިހާބުގައި 675 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވިއެވެ. ވޯޓްލީ މީހުންގެ އިންސައްތައަކީ 66.37 ޕަސެންޓެވެ.