
ފެހިރޯދި ބިންދައިގެން ގޮސްފައި (ފޮޓޯ އަނޫރް)
ހުވަދޫ މަސް ދޯންޏެއް ބިންދައިގެން ހިނގައްޖެ
އަހުމަދު ހަސަން
22 ޖެނުއަރީ 2023 - 12:57:52
ހުވަދު އަތޮޅު މަސް ދޯންޏެއް ރޭ ދަންވަރު ކަނޑުމަތީގައި ބިންދައިގެން ގޮއްސިއެވެ. ރޭ ދަންވަރު ބިންދައިގެން ދިޔައީ ގއ. ދާންދޫ ފެހި ރޯދި ދޯންޏެވެ.
"ފެހިރޯދި" ދޯނި ބިންދައިގެން ގޮސްފައި ވަނީ ރޭ ދަންވަރު އެ އަތޮޅު ކުޑަލަފަރީ ބޭރު ކަނޑަށެވެ. އޭރު ދޯނީގައި 19 މީހުން ތިއްބެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
އޮޑިވެރި ފަރާތާ ހަވާލާދީ ރިޕޯޓްތައް ބުނަނީ އެ ހާދިސާ ހިނގި ވަގުތު އެ ރަށު އެހެން ދޯންޏެއް ގޮސް އޭގައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. ދޯނި މެދުން ބިންދައިގެން ގޮސްފައިވާއިރު މިއީ ދެ މިލިއަނެއްހާ ރުފިޔާގެ ގެއްލުންކަމަށް ރިޕޯޓްތައް ބުނެއެވެ.
ފެހި ރޯދި ދޯންޏަކީ 98 ފޫޓްގެ ދޯންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނި ބިނދުނީ ރޭ ކަނޑުގަދަވި ވަގުތު ޖެހި ރާޅަކާ އެކު ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް