ads
ޑރ. ހުސެއިން ފާއިޒް
ޑރ. ފާއިޒް ސުޕްރީމް ކޯޓުގެ ވަޒީފާއިން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކުރި ސުޕްރީމް ކޯޓުގެ ސެކްރެޓްރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް، އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު، ޑރ. ފާއިޒް މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކުރި ޑރ. ފާއިޒް، ވަޒީފާއިން ވަކިކުރުމުން ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް މިއަދު ފެށުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ވަނީ ތާވަލުކޮށްފައެވެ. މި މައްސަލަ ފަށަން އޮތީ މިއަދު 10 ޖަހާއިރުއެވެ.

ޑރ. ފާއިޒް އެތައް ދުވަހެއް ވަންދެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މަގާމުން ވަކިކުރީ ފަނޑިޔާރުންނަށް ފާރަލާކަމުގެ ތުހުމަތުގައެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގު ކުރެއްވިއެވެ. އަދި މަގާމުން ވަކިކުރެއްވި ލިޔުމުގައި އެފަދަ ތުހުމަތެއްގެ ވާހަކަ ނެތް ކަމަށާއި އެފަދަ ކަމަކަށް ތުހުމަތުކޮށް ސުވާލުކޮށްފައިވެސް ނުވާ ކަމަށްވެއެވެ.

ގާނޫނަށް ގެނައި ބަދަލާއި އެކު ކޯޓުތަކުގެ އިދާރީ ހިންގުމުގައި އޮތް ފަނޑިޔާރުންގެ ދައުރު ނިމުނު ހިސާބުން ގިނަ ކޯޓުތަކުގެ އިދާރީ ހިންގުންވަނީ ބޮއްސުންލާފައެވެ. އެންމެ މަތީ ދެ ކޯޓުގެ އިދާރީ ވެރިން މިހާރު ނެތް އިރު ހައިކޯޓާއި އަދި އިތުރު ދިހަވަރަކަށް ކޯޓުގެ އިދާރީ ވެރިން މަގާމުން ވަކިކުރުމުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގޯސްތަކެއް ހަދާފައިވާކަން ޝަރުއީ މަރުހަލާއިން ކަނޑައަޅާފައިވާއިރު، ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާ ކޯޓުތަކުގެ އިދާރީ ވެރިންގެ މައްސަލަ އޮތީ ސުޕްރީމް ކޯޓާ ހިސާބުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް