ads
ރައީސް ނަޝީދުގެ އަރިހުގައި، ދިޔާނާ އަދި މުނައްވަރު
ކުރީގެ ދެ ބަންޑާރަނައިބުން ނަޝީދު އާއި އެކު އައްޑޫއަށް!
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން އަށް އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ، ޑރ.މުހައްމަދު މުނައްވަރާއި، ދިޔާނާ ސައީދު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
Advertisement

މިއަދު ހަވީރުގެ ވަގުތެއްގައި އައްޑޫ ސިޓީއަށް ރައީސް ނަޝީދު ފުރާވަޑައިގެންނެވި އިރު، މުނައްވަރާއި، ދިޔާނާގެ އިތުރުން އަރިހުގައި، ގަލޮޅު ބެމްބޫ އަހުމަދު އައްބާސް ވެސް ވަނީ ވަޑައިގެންފަ އެވެ. އަހުމަދު އައްބާސް އަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ އެވެ. 

ރައީސް ނަޝީދުގެ އަރިހުގައި މި ބޭފުޅުން އައްޑޫ އަށް ފުރާވަޑައިގެންފައި ވާއިރު، އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ތައްޔާރުވަމުން ދަނީ ރިޔާސީ އިންތިހާބަށް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

މި އިންތިހާބުގައި ރައިސް ނަޝީދުގެ އިތުރުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާއިރު، މި ޕްރައިމެރީގެ ކެމްޕެއިން ނިންމަވާލެއްވުމުގެ ޖަލްސާ ރައީސް ސޯލިހު ބާއްވަން ހަމަޖެހިފައިވަނީ، އައްޑޫ ސިޓީގަ އެވެ. މިއީ މި ކެމްޕެއިންގެ ތެރެއިން ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ދެވަނަ ފަހަރެވެ. 

your imageރައީސް ނަޝީދުގެ އަރިހުގައި އައްޑޫއަށް ވަޑައިގެންނެވި ބައެއް ބޭފުޅުން 

އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވާއިރު، މި އިންތިހާބަކީ އެމްޑީޕީގެ ތާރީހުގައި ބޭއްވޭ އެންމެ ވަރުގަދަ އެތެރޭގެ އިންތިހާބެވެ. އޮންލައިން ކޮށް ބައެއް ފަރާތްތަކުން ކުރިއަށް ގެންދާ ޕޯލް ތަކުން ރައީސް ސޯލިހު ކުރީގައި އުޅުއްވާއިރު، ރައީސް ނަޝީދަށް ކުރިން އޮތް ތާއީދު އެމްޑީޕީގެ ތެރެއިން ހީނަރުވެފައިވާ މަންޒަރު ފެނިގެންދެ އެވެ. 

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ރައީސް ނަޝީދަށް އޮތް ތާއީދު މަދުވެފައި ވަނީ، އެމަނިކުފާނު ފަހަކަށް އައިސް ރައީސް އަބްދުﷲ ޔާމީން އަށް ތައުރީފު ކުރަން ފެށުމުންނެވެ. އަދި ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ރައީސް ސޯލިހުގެ ފުރަތަމަ ދައުރުގައި ދިމާވި ދަތިތަކާއި އެކުވެސް ގައުމަށް އިންގިލާބީ ބޮޑު ތަރައްގީއެއް ރައީސް ސޯލިހު ގެނެސްދެއްވާފައި ވުމަކީ، ރައީސް ނަޝީދުގެ ތާއީދު ޕާޓީގެ ތެރެއިން ހީނަރުވެފައިވާ ސަބަބެވެ. 

އަންނަ ހޮނިހިރު ދުވަހު ބާއްވާ މި ޕްރައިމެރީގައި އެމްޑީޕީގެ 50،000 އަށްވުރެ ގިނަ މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާކަމަށް، އެޕާޓީއިން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް