82 މިލިއަން ރުފިޔާއަށް މާފުށި ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް
މުހައްމަދު އަތީފް
23 ޖެނުއަރީ 2023 - 19:06:15
ކ. މާފުށި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
މާފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- ބަނދަރު ފުންކުރުން - 28،836.00 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3- މީޓަރު ހަމަވާ ވަަރަށް)
- އާ ބަނދަރު ފުންކުރުން - 63،711.00 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާ ވަަރަށް)
- ނެރު ފުން ކުރުން - 4،414.00 ކިއުބިކް މީޓަރު (މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަަރަށް)
- 31 މީޓަރު ބޭރުތޮށި ލުން
- ސޭންޑްފިލް ބްރޭކްވޯޓަ ހެދުން (އެތެރެފަޅި - 316 މީޓަރު އަދި ބޭރުފަޅި - 316 މީޓަރު)
- 64 މީޓަރު ރިވެޓްމެންޓް ޖެހުން
- 700 މީޓަރު ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
- 374 މީޓަރު އެއްގަމުތޮށި ލުން
- 367 މީޓަރު ސްކޯރިންގް އެޕްރޮން ޖެހުން
- 73 މޫރިންގް ރިންގް ހަރުކުރުން
- 10 މޫރިންގް ބޮއި ހަރުކުރުން
- އެކްސެސް ޕްލެޓްފޯމް އެޅުން
- 19x3 މީޓަރު ކޮންކްރީޓް ބްރިޖެއް އެޅުން
- 160x2 މީޓަރު ކޮންކްރީޓް ޖެޓީއެއް ހެދުން
- 33 މަގު ބައްތި ހަރުކުރުން
- 1،869.00 އަކަ މީޓަރު ޕޭވްމަންޓް ހެދުން
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 82.59 މިލިއަން ރުފިޔާ އަށް 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް