ads
ކްއީން އޮފް ސްކައިސް
ވާޖިންގެ އެއާކްރާފްޓެއް ކުއިން އެލިޒަބަތްގެ ނަމަށް ހާއްސަކޮށްފި
ވާޖިން އެޓްލާންޓިކްގެ އެއާލައިންގެ އެއާކްރާފްޓެއްގެ ނަން ކުއިން އެލިޒަބަތުގެ ނަމަށް ހާއްސަކޮށްފިއެވެ.

"ކުއީން އޮފް ސްކައިސް" ގެ ނަމުން ނަން ދީފައިވަނީ ބޮއިންގް 747 އެއާކްރާފްޓަކަށެވެ. އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނީ މިއީ މިދިޔަ އަހަރު އަވްހާރަވި އެގައުމުގެ ކުރީގެ ރާނީ ކުއިން އެލިޒަބަތު ދެވަނަގެ ނަމަށް ހާއްސަކޮށްފައިވާ ބޯޓެއް ކަމަށެވެ.

މީގެކުރިންވެސް ވާޖިން އެޓްލާންޓިކުންވަނީ ފާހަގަކޮށްލެވޭ ކަނބަލުންގެ ނަމުން އެއާލައިންގެ ބޯޓްތަކަށް ނަން ދީފައެވެ.

އެގޮތުންއިނގިރޭސި ސުފްރެޖެޓް ލީޑަރު އެމެލީން ޕެންކްހަރސްޓް، ލަވަކިޔުންތެރިޔާ ބިލީ ހޮލިޑޭ އަދި ޕްރިންސެސް އޮފް ވޭލްސް ޑަޔާނާއަށް ނިސްބަތްކޮށްވެސް މީގެކުރިން ބޯޓްތަކަށް ނަންދީފައި ވެއެވެ.

"ކުއީން އޮފް ސްކައިސް"ގެ ނަމުން ނަންދިން ބޯޓްގައި އަންހެނަކު ރަތް ހެދުމެއްގައި އިނގިރޭސިވިލާތުގެ ދިދަ އުފުލާ މަންޒަރުވެސް ތަސްވީރުކޮށްފައި ވެއެވެ.

"އަޅުގަނޑުމެންގެ ފްލީޓަށް ‘ކުއީން އޮފް ދަ ސްކައިސް’ އަށް މަރުހަބާ ކިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި އުންމީދު ކުރަނީ މިއީ ހަނދާން ނައްތާނުލެވޭ، ލޯބިވާ ރާނީއަށް ކުރެވޭ ޓްރިބިއުޓެއްގެ ގޮތުގައިވާނެކަމަށް" ވާޖިން އެޓްލާންޓިކްގެ ޗީފް ކަސްޓަމަރ އަދި އޮޕަރޭޝަންސް އޮފިސަރު ކޮރްނީލް ކޮސްޓާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އަވަހާރަވި ކުއިން އެލިޒަބަތަކީ އެކަމަނާގެ ވެރިކަމުގައި ވަރަށް ގިނައިން ދަތުރުކުރެއްވި ބޭފުޅެކެވެ. އެގޮތުން އެކަމަނާވަނީ 120 ގައުމަކަށް ދަތުރުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް